ads
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް ގޮއްވާލާނެ ކަމަށް ބުނި މީހާ ދޫކޮށްލައިފި
މަޖިލިސް ގޮއްވާލާނެކަމުގެ އިންޒާރު ސޯޝަލް މީޑިއާގައި ދިން މީހާ ބަންދުން ދޫކޮށްލައިފިއެވެ.

މި މައްސަލައިގައި މިދިޔަ ޖޫން މަހުގެ1 ވަނަ ދުވަހު ފުލުހުން ހައްޔަރުކޮށްފައިވަނީ އުމުރުން 28 އަހަރުގެ ފިރިހެނެކެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ފުލުހުންނަށް މިއަދު ވިދާޅުވީ ރައްޔިތުންގެ މަޖިލިސް ގޮއްވާލާނެކަމަށް ބުނި މީހާގެ މައްސަލަ ބަލައި ނިމިފައިވާތީ، ޖޫން މަހުގެ 24 ވަނަ ދުވަހު އޭނާ ބަންދުން ދޫކޮށްލައިފައިވާ ކަމަށެވެ.

އަދި އޭނާ ދޫކޮށްލާފައިވަނީ ޕްރޮސެކިއުޓާ ޖެނެރަލް އާ މައްސަލަ ހިއްސާކުރުމަށްފަހު، މައްސަލައިގެ ވަށައިގެންވާ ހުރިހާ ކަންކަން ބެލުމަށްފަހުގައި ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، އެފަދައިން މުޖުތަމައުތެރޭ ބިރުދެއްކުމާއި، އިންޒާރުދިނުމާއި ޓްރަރިޒަމްއާއި ގުޅުންހުރި އަމަލުތައް ހިންގާފަރާތްތަކާއިމެދު އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް އޭނާ ހައްޔަރުކުރި ދުވަހު ފުލުހުން ބުނެފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް