ads
އެޑިޔުކޭޝަން މިނިސްޓަރު އައިޝަތު އަލީ---ފޮޓޯ: ސަން
ވަށާޖެހޭ ތައުލީމަށް ބޭނުންވާ 154 މަޝްރޫއެއް، 89 މަޝްރޫއު މިއަހަރު ފަށާނެ
ވަށާޖެހޭ ތައުލީމެއް ގާއިމް ކުރުމަށްޓަކައި މިހާތަނަށް 154 މަޝްރޫއެއް ބަޖެޓުގައި ހިމަނާފައިވާ ކަމަށާއި އޭގެ ތެރެއިން 89 މަޝްރޫއެއް މި އަހަރު ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ 16 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން އެ ޕާޓީން ކްލަބްހައުސް މެދުވެރިކޮށް ބޭއްވި ތަޢުލީމާ ބެހޭ ސިޔާސަތުގެ ޕެނަލް ޑިސްކަޝަންގައި މިނިސްޓަރު ވިދާޅުވީ ދަރިވަރުންނަށް ވަށާޖެހޭ ތަޢުލީމެއް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި 2018 ވަނަ އަހަރަގެ ނޮވެމްބަރުމަހުގެ 17 ވަނަ ދުވަހުން ފެށިގެން ބަޖެޓުތަކަށް ހިމަނާފައިވާ މަޝްރޫތަކަށް ކޮންމެ އަހަރު ތިން ސަތޭކަ މިލިއަނެއް ހާ ރުފިޔާ ހަރަދުވާ ކަމަށެވެ.

އެ މަޝްރޫއުތަކުގެ ތެރެއިން މިހާރު 18 މަޝްރޫއެއް އެއްކޮށް ނިމިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި 53 މަޝްރޫއެއް މިހާރު ކުރިއަށްދާއިރު ބާކީ ހުރި 89 މަޝްރޫއު މިއަހަރު ތެރޭގައި ފެށޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖޭގެ ފަސް ސަރަހައްދެއްގައި ތަޢުލީމީ ކަންކަން ހަރުދަނާކުރުމަށް ސަރުކާރުން ނިންމާފައިވާއިރު އެތަންތަނުގައި އިންސާނީ ވަޞީލަތްތަކާއި އިންފްރާސްޓްރަކްޗަރ ތަރައްޤީކުރުމުގެ އިތުރު ޕްރޮގްރާމްތައް ފެށުމަށް ހަމަޖެހިފައިވާކަން ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ދެ ސަރަހައްދެއްގައި ތައުލީމީ ނިޒާމު ހަރުދަނާކުރުމަށް ބޭނުންވާ ބަޖެޓު ލިބިފައިވާކަމަށެވެ.

އަދި ކޮވިޑްގެ ސަބަބުން މަޑުޖެހިފައި އޮތް ނަމަވެސް މި ޕްރޮޖެކްޓުތައް ވަރަށް އަވަހަށް ފެށިގެންދާނެ ކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް