ads
ކޮވިޝީލްޑް ވެކްސިން ---
ސަމާލުވޭ: ކޮވިޝީލްޑް ދެވަނަ ޑޯޒް އެޕޮއިންޓްމެންޓް ދިނުމަށް އެޗްޕީއޭއިން ގުޅާނެ
ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ޖަހަން މިއަދު ފަށާފައިވާއިރު، ވެކްސިން ޖަހަން އެޕޮއިންޓްމެންޓް ލިބުމުން އެޗްޕީއޭއިން ގުޅާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

އެޕޮއިންޓްމެންޓް އުސޫލުން ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ފަރާތްތަކުގެ ތެރެއިން ދެވަނަ ޑޯޒް ނުޖެހި ތިބި ފަރާތްތަކަށް ވެކްސިން ޖަހަން މިއަދު ފަށާއިރު ވެކްސިން ޖެހުމަށް އެޕޮއިންޓް ދެމުންގެންދާނީ ފުރަތަމަ ޑޯޒް ޖެހި ތަރުތީބުން ކުރިން ޖެހި މީހުންނަށް އިސްކަންދީގެން ކަމަށް އެޗްޕިއޭއިން ރޭ ވަނީ ބުނެފަ އެވެ.

މަބްރޫކް ވިދާޅުވީ ބައެއް ފަރާތްތަކުން އެޕޮއިންޓްމެންޓެއް ނެތި ވެކްސިން ޖެހުމަށް ވެކްސިން ސެންޓަރުތަކަށް ދާ ކަމަށާއި ނަމަވެސް އެޕޮއިންޓްމެންޓް ނުލިބި ވެކްސިން ސެންޓަރުތަކަށް ދިޔަ ނަމަވެސް ވެކްސިން ޖަހައި ނުދެވޭނެ ކަމަށެވެ.

"އެޕޮއިންޓަމަންޓް ދޫކޮށްގެން ވެކްސިން ޖަހަޖަހާ ހުއްޓަ އެޕޮއިންޓްމަންޓް ނުލިބޭ ފަރާތަކުން ވެކްސިން ސެންޓަރަކަށް ދިޔަ ނަމަވެސް ވެކްސިން ނުޖެހޭނެ ނޫންތޯ. އެހެން ވީމާ އެޕޮއިންޓްމަންޓް ލިބުނީމަ އެޗްޕީއޭއިން ގުޅާނެ. ގުޅީމަ ވެކްސިން ޖަހަން ދިއުމަށް މި އެދެނީ،" މަބްރޫކް ވިދާޅުވި އެވެ.

އެޕޮއިންޓްމެންޓް ދޫކުރުމަށް ހުރިހާ ފަރާތްތަކަށް ވެސް އެޗްޕީއޭއިން ގުޅާނެ ކަމަށާއި އެޕޮއިންޓްމެންޓް ދޫކުރަމުން އަންނަނީ ފެބްރުއަރީން ފެށިގެން ވެކްސިން ޖެހި ފަރާތްތަކަށް ކަމަށެވެ.

ކޮވިޝީލްޑް ވެކްސިން ހުސްވާން ފެށުމުން މިދިޔަ މެއި ހަތަރު ވަނަ ދުވަހުން ފެށިގެން އެ ވެކްސިންގެ ދެ ވަނަ ޑޯޒް ޖެހުން އޮތީ ހުއްޓާލެވިފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް