ads
އޭސީޕީ ނަވީން--
ފުލުހުންގެ ބައެއް އިސް މަގާމުތަކަށް ބަދަލު ގެނެސްފި
ދިވެހި ފުލުހުންގެ ހިދުމަތުގެހެޑް އޮފް ސެންޓްރަލް ޕޮލިސިން ކޮމާންޑުގެ މަގާމުން އެސިސްޓެންޓް ކަމިޝަނަރު އޮފް ޕޮލިސް އިސްމާއީލް ނަވީން ވަކިކޮށް ފުލުހުންގެ ބައެއް މަގާމުތަކަށް ބަދަލު ގެނެސްފި އެވެ.

އެގޮތުން މިއަދުން ފެށިގެން ބަދަލު ގެނެސްފައިވަނީ ޓްރެއިނިން އެންޑް ޑިވެލޮޕްމަންޓާއި، ޕްރޮފެޝަނަލް ސްޓޭންޑާޑް ކޮމާންޑްގެ އިތުރުން ސެންޓްރަލް ޕޮލިސިން ކޮމާންޑްގެ އިސް މަގާމުތަކަށް ކަމަށް ފުލުހުން ބުނެއެވެ.

އެގޮތުން ބަދަލު ގެނައި މަގާމުތަކުގެ ތެރެއިން ހެޑް އޮފް ޓްރެއިނިން އެންޑް ޑިވެލޮޕްމެންޓްގެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އެސިސްޓެންޓް ކޮމިޝަނަރު  އޮފް ޕޮލިސް އިސްމާޢީލް ނަވީންއެވެ. ކުރިން އޭނާ ހުންނެވީ ހެޑް އޮފް ސެންޓްރަލް ޕޮލިސިން ކޮމާންޑުގެ މަގާމުގައެވެ.

އަދި ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ކޮމާންޑުގެ ހެޑްގެ މަގާމުގައި ކުރިން ހުންނެވި އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް ޢަލީ ޝުޖާއު ސެންޓްރަލް ޕޮލިސިން ކޮމާންޑުގެ ހެޑްގެ މަގާމަށް އަައްޔަނު ކުރައްވާފައިވެއެވެ.

އޭގެ އިތުރުން ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ކޮމާންޑުގެ ހެޑަކަށް އަންޔަނު ކުރައްވާފައިވަނީ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު އަބްދުއްރަޙްމާންއެވެ. ކުރިން އޭނާ ހުންނެވީ ހެޑް އޮފް ޓްރެއިނިންގ އެންޑް ޑިވެލޮޕްމެންޓްގެ މަގާމުގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
75%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް