ads
ސޯޝަލް ސެންޓަރުގައި ވެކްސިން ޖެހުމަށް މީހުން އެއްވެއުޅެނީ
ކޮވިޝީލްޑް ވެކްސިން ޖަހަން މިހާރު އަމިއްލައަށް އެޕޮއިންޓްމެންޓް ހެއްދޭނެ
ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ޖަހަން ބޭނުންވާ ފަރާތްތަކަށް މިހާރު އަމިއްލައަށް އެޕޮއިންޓްމެންޓް ހެއްދޭނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

ކޮވިޝީލްޑް ވެކްސިން ހުސްވާން ފެށުމުން މިދިޔަ މެއި ހަތަރު ވަނަ ދުވަހުން ފެށިގެން އެ ވެކްސިންގެ ދެ ވަނަ ޑޯޒް ޖެހުން  ހުއްޓާލުމަށްފަހު، ވެކްސިންގެ ޝިޕްމެންޓެއް ލިބުމާއެކު އަނެއްކާ ވެސް ވަނީ ވެކްސިންގެ ދެވަނަ ޑޯޒް ޖަހަން ފަށާފައެވެ. ދެވަނަ ޑޯޒް ޖަހަން ފުރަތަމަ ފެށީ އެޗްޕީއޭއިން އެޕޮއިންޓްމެންޓް ދޫކޮށްގެން، އެ އުސޫލުންނެވެ.

އެޗްޕީއޭއިން މިރޭ ވަނީ ވެކްސިންގެ ދެވަނަ ޑޯޒް ޖަހަން އަމިއްލައަށް އެޕޮައިންޓްމެންޓް ހެދޭނެ ގޮތަށް، ޕޯޓަލްއެއް ތައާރަފްކޮށްފައެވެ. އެ ޕޯޓަލް މެދުވެރިކޮށް މިހާރު އެޕޮއިންޓްމެންޓް ދޫކުރަމުން އަންނަނީ މާލެ ސަރަހައްދުގައި ތިބި ކޮވިޝީލްޑްގެ ފުރަތަމަ ޑޯޒް މިދިޔަ ފެބްރުއަރީ މަހާއި މާޗު މަހު ޖެހި މީހުންނަށެވެ.

ޕޯޓަލް މެދުވެރިކޮށް އެޕޮއިންޓްމެންޓު ހެދުމަށް ވެކްސިން ޖަހަން އެދޭ ފަރާތުގެ މައުލޫމާތު ފުރިހަމަކުރުމަށްފަހު އެޕޮއިންޓްމެންޓު ބޭނުންވާ ތާރީހާއި ވަގުތު ޖެހުމުން އެޕޮއިންޓްމެންޓް ލިބޭނެއެވެ. އަދި އެޕޮއިންޓްމެންޓް ހަމަޖެހުމުން ޓެކްސްޓް މެސެޖެއް މެދުވެރިކޮށް އެކަން އެޗްޕީއޭއިން އަންގާނެއެވެ.

އެޗްޕީއޭއިން ވަނީ އެޕޮއިންޓްމެންޓްގެ 15 މިނިޓުކުރިން ވެކްސިން ސެންޓަރަށް އައުމަށް އެދިފައެވެ. އެޕޮއިންޓްމެންޓަށް ހަމަޖެހިފައިވާ ގަޑިއަށް ހާޒިރުނުވެއްޖެނަމަ އެޕޮއިންޓްމެންޓް ކެންސަލްވާނެ ކަމަށް ވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް