ads
ރައީސް ނަޝީދު
ރައީސް ނަޝީދު އަލުން ފޯނު ބޭނުންކުރަން ފަށައިފި
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓު ހަމަލާއަށް ފަހު، އަނެއްކާ ވެސް ފޯނު ބޭނުންކުރަން ފަށާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

މެއި މަހުގެ 6 ވަނަ ދުވަހުގެ ރޭ އެމަނިކުފާނަށް ދިން ހަމަލާއަށްފަހު، ފަރުވާއަށް ރާއްޖެއިން ބޭރުގައި ހުންނެވިއިރު ފޯނުގެ ހިދުމަތް ބޭނުންކޮށްފައެއްނުވެއެވެ.

ރައީސް ނަޝީދު މިއަދު ވިދާޅުވީ ފޯނު އަނެއްކާ ވެސް ބޭނުން ކުރަން ފަށާފައިވާ ކަމަށާއި މިވަގުތު ޖަވާބު ނުދެވި، 7862 މެސެޖުވާ ކަމަށެވެ. އަދި ލިބިފައި ހުރި ހުރިހާ މެސެޖެއް ވެސް ކިޔާފައިވާ ކަން ފާހަގަކުރައްވާ ރައީސް ނަޝީދު ވަނީ މެސެޖުތައް ފޮނުވި ހުރިހާ މީހުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާފައެވެ.

ރައީސް ނަޝީދު ގެއިން ނިކުމެވަޑައިގަތް ވަގުތު ވަނީ ވަރަށް ބޮޑަށް ޒަހަމްވެވަޑައިގެންފައެެވެ. އެ ޒަހަމްތަކުގެ ސަބަބުން ވާތު ކަންފަތަށް އަޑުނީވޭތީ އަދި ވައަތުގެ ތިން އިނގިޔަކަށް ވެސް ދާއިމީ ގެއްލުން ލިބިފައިވާކަމަށް ރިޕޯޓު ކުރެވިފައިވެއެވެ. 

އޭޑީކޭ ހޮސްޕިޓަލުގައި ގިނަ ފަރުވާތަކެއް ހޯއްދެވުމަށްފަހު ރައީސް ނަޝީދު ވަނީ ޖަރުމަނު ވިލާތުގައި ވެސް ފަރުވާ ހޯއްދަވާފައެވެ. ޖަރުމަނުން ފަރުވާ ހޯއްދެވުމަށްފަހު ރައީސް ނަޝީދު މިވަގުތު ހުންނެވީ އާއިލާއާއެކު އިނގިރޭސިވިލާތުގައެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް