ads
ކަސްޓަމްސް ބިލްޑިންގް---- ފޮޓޯ:ޕީއެސްއެމް
ނަސާރާދީނުގެ ލިޔެކިޔުންތަކެއް ރާއްޖެއަށް އެތެރެވުން ހުއްޓުވައިފިން: ކަސްޓަމްސް
ޕޯސްޓުގެ ޒަރިއްޔާއިން ދިވެހިރާއްޖެއަށް އެތެރެވާ ލިޔެކިޔުންތައް ބެލުމުގެތެރޭގައި ނަސާރާ ދީނާއި ބެހޭ މައުލޫމާތުތަކެއް ދިވެހިބަހަށް ތަރުޖަމާކޮށްފައިވާ ލިޔެކިޔުންތަކެއް ފެނިފައިވާކަމަށާއި އެ ލިޔުންތައް ވަނީ ހިފެހެއްޓިފައި ކަމަށް ކަސްޓަމްސުން ބުނެފިއެެވެ.

އެމުއައްސަސާއިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ މިލިޔެކިޔުންތައް ރާއްޖެ ފޮނުވާފައިވަނީ ބޭރު އެކި ފަރާތަކުގެ ނަމުގައި ކަމަށާއި މިލިޔުންތައް ރާއްޖެ އެތެރެކޮށްފައިވަނީ ސިޓީ އުރައިގެ ތެރޭގައި ރާއްޖޭގެ އެކި މުއައްސަސާތަކާއި، ވިޔަފާރި ކުންފުނިތަކާއި އަމިއްލަ ފަރުދުންނައް އެޑްރެސްކޮށްނަމަވެސް އެއީ އެ ފަރާތަކަށް އެނގުމަކާއި ނުލައި އޮޅުވާލުމެއްގެ ތެރޭގައި ކުރެވެމުން އަންނަ ކަމެއްކަމަށް ކަސްޓަމްސުން އެ ބަޔާނުގައި ބުނެފައިވެއެވެ.

މިނޫސްބަޔާނުގައި ވާ ގޮތުގައި ދީނީ އެއްބައިވަންތަކަމުގެ ގާނޫނާއި ރާއްޖެ އަށް ގެނައުން މަނާ ތަކެތީގެ ގާނޫނުގައި އިސްލާމް ދީނުގެ އަސްލާ ހިލާފު އަދި އެހެން ދީންތަކުގެ ފޮތްތައް ގެނައުމާއި ވިއްކުން އަދި އިޝްތިހާރު ކުރުމަކީ މަނާކަމެކެވެ.

އެކަމުގައި އަމަލީ ގޮތުން ހަރަކާތްތެރިވާ ފަރާތްތައް ހޯދައި އެފަދަ ކަމެއް ތަކުރާރުވިޔަ ނުދީ ހުއްޓުވުމަށްޓަކައި ކަސްޓަމްސް އާއި ފުލުހުން ގުޅިގެން އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.     

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް