ads
އެއްބަސްވުމުގައި ސޮއި ކުރުމުގެ ތެރެއިން
އެޗްޑީސީން ސޭލްސްއެޖެންޓުން ތަމްރީނުކުރަން ބަޔަކާ ހަވާކޮށްފި
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ފަރާތުން އެކި ބޭނުންތަކަށް އިމާރާތްކޮށް ތަރައްގީ ކުރާ ޔުނިޓްތައް އެ ކޯޕަރޭޝަނާ ގުޅިގެން މާކެޓްކޮށް ވިއްކުމަށް ސޭލްސް އެޖެންޓުންގެ ގޮތުގައި ޝައުގުވެރިކަން ފާޅުކުރި ފަރާތްތަކަށް ތަމްރީނު ޕްރޮގްރާމް ހިންގަން ބަޔަކާ ހަވާލުކޮށްފިއެވެ.

އެޗްޑީސީއިން ބުނީ ފޯމް ހުށައެޅި ފަރާތްތަކުގެ ތެރެއިން 20 ފަރާތެއް ހޮވާފައިވާ ކަމަށާއި އެ ފަރާތްތަކަށް ތަމްރީނު ޕްރޮގުރާމް ހިންގަން ހަވާލުކޮށްފައިވަނީ ސްކިލް ފާމް ޕްރައިވެޓް ލިމިޓަޑާއި ކަމަށެވެ. 

އެޗްޑީސީއިން ބުނީ މިއަދު އެއްބަސްވުމެއްގައި ސޮއިކުރެވިފައިވާކަމަށާއި ސްކިލް ފާމްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޗެއާމަން ޑރ. ހުސައިން ސަނީ އުމަރު އަދި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކަޓަރު އަހްމަދު އާތިފު ކަމަށެވެ. 

އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވުނު ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އާތިފު ވިދާޅުވީ މި ހުޅުވާލެވުނު ފުރުޞަތަކީ ރިއަލް އެސްޓޭޓްގެ ގާނޫނާއި ގަވައިދުތަކަށް އަހުލިވެރިކޮށް މި ދާއިރާއަށް ގިނަ އާ ފަރާތްތަކެއް ނެރުމަށް ކުރެވޭ މުހިއްމު މަސައްކަތެއްކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައިވެސް މިފަދަ ގިނަ ފުރުސަތުތަކެއް ހުޅުވާލެވިގެން ދާނެ ކަމަށެވެ.

މި ފުރުސަތު ހުޅުވާލުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ، މި ދާއިރާގައި ހަރަކާތްތެރިވާނެ ފަންނީ މީހުން އުފެއްދުމާއި، މިގޮތަށް މަސައްކަތް ކުރާނެ ފުރިހަމަ ޕްލެޓްފޯމްއެއް ގާއިމުކުރުން ކަމަށް އެޗްޑީސީއިން ބުނެއެވެ.

މީގެ އިތުރުން މިފަހަރުގެ ޕްރޮގްރާމްގެ ދަށުން ހިންގޭ ތަމްރީންގައި ބައިވެރިވެ އެސެސްމެންޓުން އެންމެ މަތިން މާކްސް ހޯދާ 10 ފަރާތަކަށް ފުރުސަތު ދިނުމަށް ހަމަޖެހިފައިވާކަމަށް އެޗްޑީސީއިން ބުނެއެވެ. މީގެ އިތުރުން އެ ފަރާތްތަކުން ވިއްކާ ޔުނިޓްތަކަށް ކޮމިޝަން އެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެޗްޑީސީއިން ބުނެއެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް