ads
ޖެބެލް އަލީ ޕޯޓުގައި ހިނގި ހާދިސާ ޕޮޓޯ: ދި ޑްރައިވް އޮންލައިން ނޫސް
ދުބާއީގެ ޖެބެލް އަލީ ޕޯޓުގައި ބާރުގަދަ ގޮވުމެއް ގޮވައިފި
ދުބާއީގެ ޖެބެލް އަލީ ޕޯޓްގައި އޮތް ކޮންޓެއިނަރު ބޯޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި, ބާރުގަދަ ގޮވުމެއް ގޮވައިފިއެވެ.

ޖެބެލް ޕޯޓުގައި މިހާދިސާ ހިންގާފައިވަނީ ދުބާއީ ގަޑިން ރޭ 11:45 ހާއިރުއެވެ. އަދި އޭގެ ދެ ގަޑިއިރެއްހާ ވަގުތު ފަހުން އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައިވާކަމަށް ދުބާއީގެ ކަމާބެހޭ އިދާރާތަކުން ބުންޏެވެ.

މި ބާރުގަދަ ގޮވުމާއެކު ބޮޑު އަލިފާންގުޅައެއްވެސް އުފެދުނެވެ. މި ގޮވުމުގެ އަޑު ގާތްގަނޑަކަށް 25 ކިލޯމީޓަރު ދުރަށް އިވުނު ކަމަށާއި އޭގެ ސަބަބުން ގިނަ އިމާރާތްތަކަށް ލޮޅުން އެރިކަމަށް ބައެއް ދުބާއީގެ ނޫސްތަކުން ރިޕޯޓްކުރެެވެ.


މިހާދިސާ ހިނގިކަމުގައި ވީނަމަވެސް މި ޕޯޓުގެ އޮޕަރޭޝަންތަކަށް ބުރުލެއް ނާންނާނެހެން ކަންކަން ކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

ދުބާއީގެ ޖެބެލް އަލީ ޕޯޓަކީ ދުނިޔޭގެ އެންމެ ބޮޑު ކަނޑުގެ ބަނދަރެވެ. އަދި ނުވަވަނައަށް ދުނިޔޭގެ އެންމެ ބިޒީ ބަނދަރެވެ. އަދި މި ޕޯޓަކީ މެދުއިރުމަތީގެ ސަރަހައްދުގެ އިތުރުން ދުބާއީގައިވެސް އޮތް އެންމެ ބާރުބޮޑު އެއް ޕޯޓެވެ. އަދި މިއީ ދުނިޔޭގެ ވިޔަފާރިއާ ގުޅިފައިވާ މުހިންމު ބަނދަރެކެވެ. އެ ބަނދަރު ހިންގަނީ ޑީޕީ ވޯލްޑުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް