ads
މީރާ- ފޮޓޯ:ސޯޝަލްމީޑިއާ
މީރާއިން ފަސްކުރި ސުންގަޑި އިތުރަށް ފަސްކޮށްފި
މީރާއިން ޓެކްސްދެއްކުމަށް ފަސްކޮށްފައިވާ ސުންގަޑި އިތުރަށް ފަސްކޮށްފިއެވެ.

މީރާއިން ބުނީ އޮންލައިންކޮށް ޓެކްސް ބަޔާން ހުށަހަޅައި ޓެކްސް ދައްކާ ހުރިހައި ފަރާތްތަކަށް ލާޒިމުކޮށްފައިވާ ޓެކްސްތައް ފިޔަވައި، އެހެނިހެން ޓެކްސްތަކުގެ ޓެކްސް ބަޔާން ހުށަހަޅައި ފައިސާ ދެއްކުމުގެ އާ ސުންގަޑި މީރާއިން އާންމުކޮށްފައިވާނެކަމަށެވެ.

މީގެކުރިން މީރާއިން ވަނީ މިއަހަރު މޭ މަހުގެ 27 ވަނަ ދުވަހުން ފެށިގެން މިމަހުގެ 10 ވަނަ ދުވަހާއި ހަމައަށް ސުންގަޑި ފަސްކޮށްފައެވެ. ނަމަވެސް މީރާއިން ވަނީ ޖުލައި މަހުގެ 11 ވަނަ ދުވަހާއި ހަމައަށް ސުންގަޑި ފަސްކޮށް ޓެކުހާއި ޓެކްސް ބަޔާން ބަލައިގަންނާނެކަމަށް މައުލޫމާތުދީފައެވެ.

ކޮވިޑުގެ ހާލަތާއި ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި އެއްގޮތަށް އިޖުތިމާޢީ ގައިދުރުކަން ދެމެހެއްޓުމުގެ މުހިއްމުކަން ފާހަގަކޮށް މީރާއިން ވަނީ އެއޮތޯރިޓީއަށް ހުށަހަޅާ އެންމެހައި ޓެކްސް ބަޔާނާއި ޓެކުހާއި އެހެނިހެން ފައިސާ އޮންލައިންކޮށް ދެއްކުމުގެ އިންތިޒާމު ހަމަޖެހިފައިވާކަމަށް ބުނެފައެވެ. އަދި އޮންލައިންކޮށް ޓެކުހުގެ ހިދުމަތްތައް ހޯދުމަށް އަމަލުކުރުމަށްވެސް އާންމުންގެ ކިބައިންވެސް އިލްތިމާސްކޮށްފައެވެ.

މީގެއިތުރުން، މީރާއިން ކަނޑައަޅާފައިވާ ވަގުތުތަކުގައި ގުޅައިގެން މައުލޫމާތު ސާފުކުރެވޭނެ ކަމަށްވެސް އެއޮތޯރިޓީއިން ވަނީ ބުނެފައިވެއެވެ.

އެގޮތުން ރަސްމީ ދުވަސްތަކުގައި މީރާގެ ހޮޓްލައިން އަދި ވައިބަރއަށް މެސެޖު ކޮށްގެން މައުލޫމާތު ސާފުކުރެވޭނެ ކަމަށް މީރާއިން މައުލޫމާތުދެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް