ads
އިބްރާހިމް ރަޝީދު
ނަފްރަތުގެ ބިލަކީ ސަރުކާރުން މަޖިލީހަށް ވެއްދި ދެބޯގެރިއެއް : ބޮންޑާ
ނަފްރަތުގެ ބިލަކީ ސަރުކާރުން ރައީސް ނަޝީދުގެ ތަހުގީގު މަޑު ޖައްސާލާ އެކަން އޮއްބާލަން މަޖިލީހަށް ވެއްދި "ދެބޯގެރިއެއް" ކަމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑާ) ވިދާޅުވެއްޖެއެވެ.

 ބޮންޑާ ސީއެންއެެމް އަށް ވިދާޅުވީ މި ބިލަކީ ސީދާ މޭ ހައެއްގެ ހާދިސާގެ މަތިން ރައްޔިތުން ހަނދާން ނައްތާލައި އެކަން އޮއްބާލުމަށް ސަރުކާރުގެ ތެރެއިން ރާވައިގެން މަޖިލީހަށް ވެއްދި ބިލެއް ކަމަށެވެ. އަދި މިކަމުގައި ހޯމް މިނިސްޓަރު އިމްރާ އަބްދުﷲގެ އަތެއްވާނެ ކަމަށް އޭނާ ގަބޫލު ކުރައްވައެވެ.

" މި ބިލަކީ ރައްޔިތުން މަޖިލީހުގެ ރައީސް އަވަހާރަކޮށްލުމަށް ދިން ހަމަލާ އޮށްބާލުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ވައްދައިގެން އުޅޭ ދެބޯގެރިއެއް" އޭނާ ބުންޏެވެ.

އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ސެކިއުރިޓީ ނުބެލުނު ބަޔަަކަށް ދެންތިބި މެންބަރުންނާއި ދެންތިބި މަގާމުތަކުގައި ތިބި އިސް ބޭފުޅުންގެ ސެކިއުރިޓީ ބެލެހެއްޓޭނެތޯ އޭނާ ވަނީ ސުވާލު އުފައްދާފައެވެ. 

އެނާ ވިދާޅުވީ އެބިލަކީ ކޯލިޝަންގެ ފަރާތުން މަޖިލީހަށް ހުށައެޅި ބިލެއްކަމަށެވެ. އަދި އެއީ އެއްވެސް ހާލެއްގައި އެމްޑީޕީގެ ފަރާތުން ހުށައަޅާފައިވާ ބިލެއް ނޫން ކަމަށެވެ. 

" މިބިލަކީ ކޯލިޝަން ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށައެޅި ބިލެއް. މިބިލު ސްޕޮންސާ ކުރީ އެމްޑީޕީގެ މެންބަރެއް" އޭނާ ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީން ނެރުނު ބަޔާނަށް ރައްދު ދެއްވަމުން އޭނާ ވިދާޅުވީ ސަރުކާރަކީ ކޯލިޝަން ސަރުކާރެއް ކަމަށެވެ. އެހެންކަމުން ކޯލިޝަން ސަރުކާރަކުން ހުށައަޅާ ބިލަކީ ކޯލިޝަން ޕާޓީތަކުން އެކުލަވާލާ ބިލެއް ކަމަށެވެ. 

މި ބިލު ދިރާސާ ކުރާ، އަދި މިބިލަށް ތާއީދު ކުރާ ފަރާތްތަކަށް އެކި ފަރާތްތަކުން އިންޒާރުދެމުން ދާ ކަމަށްވެސް އޭނާ ފާހަގަ ކުރެއްވިއެވެ. މީގެ އިތުރުން އޭނާ ވިދާޅުވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދެވުނު ހަމަލާއަކީ މުޅި ޑިމަކްރެސީއަށް ދެވުނު ހަމަލާއެއް ކަމަށެވެ. އަދި މިބިލާއި ދެކޮޅަށް ބަޔާންތައް ނެރުނު ފަރާތް ތަކުންވެސް ބިލު ރަނގަޅަށް ކިޔާލައި، އެއާމެދު ވިސްނާލާފައި ނެތްކަން ބޮންޑާ ފާހަގަ ކުރެއްވިއެވެ.

ބޮންޑާ މިއަދު މަޖިލީހުގައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިސްތިއުފާއަށް ވެސް ގޮވާފައެވެ.

ސަރުކާރުގެ ފަރާތުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަދި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށަހެޅުއްވި ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމުގެ ބިލު އަނބުރާ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވާލަން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން މިއަދު ވަނީ ނިންމާފައެވެ.

މިބިލާ ގުޅޭގޮތުން އިދިކޮޅުން ބުނަނީ މިބިލުތަންފީޒު ކޮށްފި ނަމަ ގައުމު އިތުރަށް ފަސާދަވެގެން ދާނެކަމަށެވެ. އަދި އިސްލާމް ދީނާ ޚިލާފަށް މީހަކު އުޅޭ ކަމުގެ ތުހުމަތު ކުރުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް އޮތުމުން ދީނީ އިލްމުވެރިންނާއި، ލޯކަލް ކައުންސިލްތަކާއި، ގިނަ ޖަމިއްޔާ ޖަމާއަތްތަކުންނާއި، އާންމުންގެ ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް