ads
މޫސުން ގޯސް ދުވަހެއްގައި ފެރީ ދަތުރުކުރަނީ-- ފޮޓޯ: ވީނިއުސް
މޫސުން ގޯސްވެ އޮރެންޖު އިންޒާރު ނެރެފި
މޫސުން ގޯސްވުމުގެ ސަބަބުން މޯލްޑިވްސް މީޓިއޮރޮލޮޖީ(މެޓް އޮފީސް)ން ހއ އަތޮޅުން ފެށިގެން ކ އަތޮޅާއި ހަމައަށް އޮރެންޖު އިންޒާރު ނެރެފިއެވެ.

ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި މޫސުން ގޯސްވާނެކަމަށް ލަފާކޮށް މެޓް އޮފީހުން މިސަރަހައްދުތަކަށް އޮރެންޖު އިންޒާރު ނެރެފައިވާއިރު، މިސަރަހައްދުތަކަށް ހަވީރު 5 އިިން ފެށިގެން ރޭގަނޑު 9 އަކާއި ހަމައަށް ވަނީ އޮރެންޖު އެލާޓް ނެރެފައެވެ.

އެގޮތުން ބޯކޮށް ވާރޭވެހި ގަޑިއަކު 34 މޭލާއި 40 މޭލުގެ ބާރުމިނެއްގައި ވައިޖެހޭނެކަމަށް ވަނީ ލަފާކޮށްފައެވެ.

އަދި ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައިގަދަވާނެކަމަށާއި، ކަނޑުތައް ގަދަވެ އުދައެރުން އެކަށީގެންވާކަމަށްވެސް މައުލޫމާތުދީފައި ވެއެވެ.

ރާއްޖޭގެ ގިނަ ސަރަހައްދުތަކަށް މޫސުން ގޯސްވެފައިވާއިރު، އެމްއެންޑީއެފުންވެސް ކަނޑުދަތުރުކުރާ ފަރާތްތަކުން ދަތުރުކުރާއިރު ރައްކާތެރިކަމާއި ސަލާމަތީ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފައި ވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް