ads
ކާނަލް ނާޒިމް
ކާނަލް ނާޒިމް އާޕާޓީއެއް ހައްދަވަނީ
ރައްޔިތުންގެ މަޖިލީހުގެ ދަގެނތީ ދާއިރާގެ މެމްބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް އަމިއްލަ ޕާޓީއެއް ހައްދަވަން ނިންމަވައިފިއެވެ.

މިކަމާއި ގުޅިގެން ސީއެންއެމްއަށް ނާޒިމް ވިދާޅުވީ އެމަނިކުފާނު ވަނީ އަމިއްލަ ޕާޓީއެއް ހައްދަވަން އުޅުއްވާކަމަށް ވިިދާޅުވެފައިއެވެ. ނަމަވެސް ނާޒިމް ވިދާޅުވީ މިވަގުތު ތަފްސީލު ހާމަކުރެވެން ނެތް ކަމަށެވެ.

ދައުލަތުގެ އިސް މަގާމްތަކެއް ފުރުއްވައި ސިޔާސީ ޕާޓީތަކުގައި ވެސް ހަރަކާތްތެރިކޮށް އުޅުއްވި ނާޒިމް ކުރިން ވިދާޅުވީ ޕާޓީއެއްގެ ތެރެއިން ސިޔާސީ މަސައްކަތް ކުރެއްވުމަކީ ފިއްލަވައިގެން ހުރެ ކުރާނެ ކަމެއް ނޫން ކަމުގައެވެ. 

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ނާޒިމްގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވި އެވެ. ޑިފެންސް މިނިސްޓަރަކަށް ހުންނަވަނިކޮށް އޭނާ ޖަލަށް ލީ ދިރިއުޅުއްވާ އެޕާޓްމަންޓުން ފިސްތޯލައެއް ފެނުނު ކަމުގެ ތުހުމަތުގަ އެެވެ. ނުހައްގުން ޖަލުގައި ދުވަސްތަކެއް ހޭދަކުރައްވަން ޖެހިވަޑައިގަތް ނާޒިމް، ސުޕްރީމް ކޯޓުން މިނިވަންކުރީ ޑިސެމްބަރު، 13، 2018 ގައެވެ.  

ޖަލުން މިނިވަންވެވަޑައިގަތުމަށްފަހު ނާޒިމް މަސައްކަތް ކުރެއްވީ ވެރިކަން ކުރާ ކޯލިޝަނަށް ތާއީދުކުރައްވައި ޖުމްހޫރީ ޕާޓީގަ އެވެ.   

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް