ads
ހަރްބަޖަން ސިންގް
އިންޑިއާގެ ކްރިކެޓަރު ހަރްބަޖަން ސިންގަށް މިފަހަރު ފިރިހެން ކުއްޖެއް؟
އިންޑިއާގެ ކްރިކެޓަރު ހަރްބަޖަން ސިންގް އާއި އޭނާގެ އަންހެނުން އެކްޓްރެސް ގީތާ ބަސްރާއަށް މިފަހަރު ލިބިފައިވަނީ ފިރިހެން ކުއްޖެކެވެ.

ކްރިކެޓަރު ހަރްބަޖަން ސިންގް ވަނީ އޭނާ އަށާ އޭނާގެ އަންހެނުން އެކްޓްރެސް ގީތާ ބަސްރާއަށް ފިރިހެން ކުއްޖެއް ލިބިފައި ވާކަމަށް އޭނާގެ އިންސްޓަގްރާމްގައި އިއުލާން ކޮއްފައެވެ. އޭނާގެ އިންސްޓަގްރާމް ޕޯސްޓްގައި އެނާ ބުނެފައިވަނީ އަންހެނުން ގީތާ އާއި ދަރިފުޅުގެ ހާލުވެސް ރަނގަޅު ކަމަށެވެ. އަދި ހެޔޮއެދޭ ފަރާތްތަކުގެ ލޯތްބާއި އެއްބާރުލުމަށް ޓަކައި އޭނާވަނީ ޝުކުރު ދަންނަވާފައެވެ.

ހަރްބަޖަން ސިންގްގެ ފޭނުންވަނީ އޭނާގެ އިންސްޓަގްރާމްގެ ޕޯސްޓްގައި އޭނާއަށް ތަހުނިޔާކިޔާފައެވެ.

ހަރްބަޖަން ސިންގް އާއި އޭނާގެ އަންހެނުން ގީތާ ބަސްރާއަށް ވަނީ 2016 ވަނައަހަރު އަންހެން ކުއްޖެއްވެސް ލިބިފައެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް