ރައީސް ޔާމީންގެ ޝަރީއަތުގެ ތެރެއިން--
ރައީސް ޔާމީން ފުލުސް އޮފީހަށް ހާޒިރުކޮށްފި
Share
އިދިކޮޅު ސިޔާސީ ލީޑަރު އަދި ކުރީގެ ރައީސް، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިއަދު ފުލުހަށް ހާޒިރުކޮށްފިއެވެ.
Advertisement

މަނީ ލޯންޑަރިންގެ މައްސަލައިގައި ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން އަންނަ ރައީސް ޔާމީން މިހާރު ހުންނެވީ ގޭބަންދުގައެވެ. އަހަރަކަށް ވުރެ ގިނަ ދުވަސް ޖަލުގައި ހޭދަކުރެއްވުމަށް ފަހު އެމަނިކުފާނު ގެއަށް ބަދަލުކޮށްފައިވަނީ މިދިޔަ އޭޕްރިލްމަހުގެ ފަހުކޮޅުގައެވެ.

ޕީޕީއެމްއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމްގެ ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވީ ރައީސް ޔާމީން މިއަދު 02:00 އަށް ފުލުހަށް ހާޒިރުވާން އަންގާފައިވާ ކަމަށެވެ. ހީނާ ވިދާޅުވީ ފުލުހަށް ހާޒިރުކުރަނީ އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ނުހައްގު ތުހުމަތުތަކާއި ދައުވާތަކާ ގުޅިގެން ކަމަށެވެ.

ރައީސް ޔާމީން މިއަދު ފުލުހަށް ހާޒިރު ކުރީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް މިހާތަނަށް ފުލުހުން ހާމަކޮށްފައެއްނުވެއެވެ.

ރައީސް ޔާމީން ފުލުހަށް ހާޒިރުކޮށްފައިވާއިރު، އެމަނިކުފާނުގެ ބައެއް ސަޕޯޓަރުން ވަނީ ފުލުހުންގެ މައި އިދާރާ ޝަހީދު ހުސެއިން އާދަމް ބިލްޑިން ކައިރިއަށް އެއްވެފައެވެ. ފުލުހުން ވަނީ އެ ސަރަހައްދާ ކައިރި ނުވެވޭ ގޮތަށް ބެރިކޭޑް ވެސް ޖަހާފައެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ކަމަށް ތުހުމަތުކުރާ އެއް މިލިއަން ޑޮލަރު ރައީސް ޔާމީންގެ އިސްލާމިކް ބޭންކްގައި އޮންނަ ސޭވިން އެކައުންޓަކަށް ޖަމާކޮށް މަނީ ލޯންޑާކުރި ކަން ސާބިތުވުމުން ރައީސް ޔާމީން ފަސް އަހަރަށް ޖަލަށްލުމަށް ހުކުމްކުރީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު އެވެ.  

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް