ads
ފޮޓޯ:އިންސްޓަގްރާމް——
ލަމްގެ ބޭބީގެ މޫނު ފެންނަ ލޯބި ފޮޓޯއެއް ދައްކާލައިފި
މަޝްހޫރު ލަވަކިޔުންތެރިޔާ، އަދި މޯލްޑިވިއަން އައިޑަލް ސީޒަން-2ގެ ހޯސްޓް ލަމްހާ ލަތީފް ފުރަތަމަ ދަރިފުޅަށް ބަލިވެއިންކަން ހާމަކޮށްފަައިވަނީ މިދިޔަ މެއި މަހުގެ 28ވަނަ ދުވަހުއެވެ.

އިންސްޓަގްރާމުގައި އަބަދުވެސް އެކްޓިވް ލަމް ދުވަސްކޮޅަކަށް އިންސްޓާއާއި ދުރަށް ޖެހިލި ސަބަބަކީވެސް ބަނޑުބޮޑުވިކަން އެނގުމުންކަމަށް އޭނާ ބުނެފައިވެއެވެ. އެހެންނަމަވެސް އޭނާގެ ފޭނުންނާ އެކު ކުރިއަށް އޮތް ދުވަސްތައް ހިއްސާކުރުމަށް ކެތްމަދުވެފައިވާކަން ހާމަކުރަމުން ލަމްދަނީ އޭނާ މަންމަ އަކަށް ވުމަށް ކުރާ ދަތުރުގެ ފޮޓޯތައް ފޭނުންނާއި ހިއްސާކުރަމުންނެވެ.  

މިފަހުން ލަމް އަނެއްކާވެސް މިވަނީ ބޭބީގެ އަލްޓްރާ ސައުންޑް ފޯޓޯއެއް ހިއްސާކޮށްފައެވެ. "ބޭބީގެ ކިޔުޓް މޫނުކޮޅު ފެންނަ ފޮޓޯއެއް" ކަމަށް ކެޕްޝަންކޮށް ހިއްސާކޮށްފައިވާ އެ ފޮޓޯއިން ބޭބީގެ މޫނު ކުޑަކޮށް ފާހަގަވާން ހުރި އިރު ލަމް ބުނީ މިހާރު ބޭބީގެ ސައިޒަކީ ބޮޑު ކެބެޖްއެއް ވަރުކަމަށެވެ.

your imageލަމް ހިއްސާކުރި ފޮޓޯ———

މަޝްހޫރު ލަވަކިޔުންތެރިޔާ، އަދި މޯލްޑިވިއަން އައިޑަލް ސީޒަން-2ގެ ހޯސްޓް ލަމްހާ ލަތީފް، ކައިވެނިކޮށްފައި ވަނީ ގިނަދުވަސްތަކެއް ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުނު އަހްމަދު މުއާޒް ( ކުޑަމުއާ)އާ 2017 ވަނަ އަހަރުގަ އެވެ. މިހާރު ދެމީހުންގެ ފުރަތަމަ ދަރިފުޅަށް އިންތިޒާރުކުރަމުންދާއިރު، ބައިސްކޯފްގެ ޝޯއަކަަށް މީގެ ކުރިން ދިން އިންޓަވިއުއެެއްގައި ހަޔާތުގެ ބައިވެރިއަކަށް އެކަކު އަނެކަކު ޗޫސްކުރި ގޮތުން ފެށިގެން ކައިވެންޏަކާއި ހަަމަޔަށްދިޔުމަށް ވިސްނި ސަބަބުވެސް ދެމީހުންވަނީ ހިއްސާކޮށްފައެވެ.

ފިރިއެއްގެ ގޮތުގައި މުއާ ޗޫސްކުރީ ކީއްވެތޯ އެހެމުން ލަމް ބުނީ، މުއާއަކީ ވަރަށް ރަނގަޅު ވަރަށް ކެއާރިން އަދި މަޖާ މީހެއްކަމަށެވެ. ލަމް ބުނީ އެއްވެސް މީހަކީ ޕާޕެކްޓު މީހެއް ނޫންކަމަށާއި، އެކި މީހުންގެ ދިރިއުޅުމުގައި ދިމާވާނީ އެކިކަންކަން ކަމަށްވާއިރު، ލަމްއާއި އެކީ އުޅުމަށްޓަކައި މުއާގެ ދިރިއުޅުމުގެ ވަރަށް ގިނަ ކަންކަން ލަމް އަށްޓަކައި މުއާ ބަދަލުކުރިކަމަށެވެ. ވަރަށް ބައިވަރު ބޮޑެތި ސްޓެޕްސްތަކެއް ލަމްއަށްޓަކައި މުއާ ނެގިކަމަށެވެ.  

އަންބެއްގެ ގޮތުގައި ލަމް ޗޫސްކުރީ ކީއްވެތޯ އެހެމުން މުއާވެސް ބުނީ، ހަމަ ވަރަށް ރަނގަޅުވީމަ ކަމަށެވެ. އެންމެ ފުރަތަމަވެސް މުއާގެ މަންމައަކީ ވަރަށް މުހިންމު މީހެެއްކަމަށް ބުނެފަވާނެ ކަމަށާއި، އެހެންކަމުން ލަމްވެސް މުއާގެ މަންމައަށް ވަރަށް ބަލާ ކަމަށް މުއާ ބުންޏެވެ. 

 

43%
ކަމުގޮސްފި
26%
އަޑުއެހިތާ މިހުރީ
10%
ސަތޭކައަކުން ސުމެއް
20%
ވަރަށް ސަލާމް
ކޮމެންޓްސް