ads
އެމްޓީސީސީ
ފުުވައްމުލަކު އެތެރޭގެ މަގުތައް ހެދުމުގެ މަޝްރޫއުގެ 50 ޕަސެންޓް ނިމިއްޖެ
ޏ.ފުުވައްމުލަކު އެތެރޭގެ މަގުތައް ހެދުމުގެ މަޝްރޫއުގެ 50 ޕަސެންޓް ނިމިފައިވާކަމަށް އެމް.ޓީ.ސީ.ސީ އިން ބުނެފިއެވެ.

މި މަޝްރޫއުގެ ދަށުން، ސެޓްލްމެންޓް ޓޭންކު ހަރުކުރުމުގެ މަސައްކަތުގެ 71 ޕަސެންޓް ނިމިފައިވާކަމަށް އެމް.ޓީ.ސީ.ސީ އިން ބުނެފައި ވެއެވެ. އަދި އިލެކްޓްރިކަލް ޖަންކްޝަން ފޮށި ހަރުކުރުމުގެ  މަސައްކަތުގެ 70 ޕަސެންޓް ވަނީ ނިމިފައިކަމަށް އެކުންފުނިން ފާހަގަކޮށްފައިވެއެވެ. 

your imageއެމްޓީސީސީ

މި މަޝްރޫޢުގެ ދަށުން، 122،659 އަކަ މީޓަރުގެ ސަރަޙައްދެއްގައި ސަބްބޭސް ތައްޔާރުކުރުމުގެ މަސައްކަތާއި، 95،239 އަކަ މީޓަރުގެ ސަރަޙައްދެއްގައި ތާރު އެޅުން ހިމެނޭ ކަމަށް އެކުންފުނިން ބުނެފައިވެއެވެ. އަދިއެހެންމެ  27،450 އަކަ މީޓަރުގެ ސަރަޙައްދެއްގައި ދުވާރު ހެދުން ހިމެނޭކަމަށްވެސް ވަނީ ބުނެފައެވެ. މީގެ އިތުރުން މަގުމަތީ ނިޝާން ހަރުކުރުމާއި މަގުބައްތި ހަރުކުރުމާއި، 19،940 މީޓަރުގެ ސަރަޙައްދެއްގައި ފެންހިންދާ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ހިމެނޭ ކަމަށް ބުނެފައިވެއެވެ. މި މަޝްރޫޢަކީ 271.3 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް