ads
އަލީ ވަހީދު
އަލީ ވަހީދުގެ ޕާސްޕޯޓް މައްސަލަ ހައިކޯޓަށް ބަލައި ނުގަތް
ޖިންސީ ގޯނާގެ ތުހުމަތު ކުރެވިފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރެއް ނެރެ ނުދިން މައްސަލަ އިސްތިއުނާފުކުރުމުން އެ މައްސަލަ ހައިކޯޓުން ބަލައެއް ނުގަތެވެ. ހައިކޯޓުގެ ރަޖިސްޓްރާ މަރްޔަމް ހޫރުޝީދާ ސޮއި ކުރައްވައި، އެ މައްސަލަ ބަލައި ނުގަންނަން ނިންމީ މިއަދުއެވެ.

ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު، އެ މިނިސްޓްރީގައި މަސައްކަތްކުރި އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނާ މައްސަލައިގައި ހަތް ދައުވާއެއް ކޮށް، އަލީ ވަހީދުގެ ޕާސްޕޯޓް ހިފެހެއްޓުމުގެ ކުރިމިނަލް ކޯޓުގައި އަމުރަކަށް ފުލުހުން އެދުނީ، މިދިޔަ މަހުގެ 23 ވަނަ ދުވަހު އެވެ. އެ މައްސަލައިގައި، މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު ނިންމެވީ އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށެވެ. އެހެންކަމުން ޕީޖީން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ.

ހައިކޯޓުގައި އެ މައްސަލަ އިސްތިއުނާފު ކުރުމުން، އެ ކޯޓުގެ ރަޖިސްޓްރާ މިއަދު ނިންމެވީ އެ މައްސަލަ ބަލައި ނުގަންނާށެވެ. ރަޖިސްޓްރާ ވިދާޅުވީ، އެ މައްސަލަ ބަލައި ނުގަންނަން ނިންމެވީ، ޣައިރު ހާޟިރުގައި އެ ފަދަ މައްސަލަތައް ކުރިއަށް ނުގެންދެވޭތީ ކަމަށެވެ.

އަލީ ވަހީދުގެ ޝަރީއަތް އޮންލައިންކޮށް ކުރިއަށް ގެންދާތީ ޕީޖީންވަނީ އެ މައްސަލަވެސް ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ. އެހެންނަމަވެސް ހައިކޯޓުން މިދިޔަ ހަފުތާގައިވަނީ އެ މައްސަލަވެސް ބޭރުކޮށްލާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް