ads
ކޮވިޑް ބަލި މީހަކަށް ފަރުވާދެނީ
މިއަހަރު ފެށިފަހުން އޮސްޓްރޭލިއާާއިން ފުރަތަމަ ފަހަރަށް ކޮވިޑްގައި މީހަކު މަރުވެއްޖެ
2021 ވަނަ އަހަރު ފެށިފަހުން އޮސްޓްރޭލިއާާގައި ކޮވިޑް-19ގައި ފުރަތަމަ ފަހަރަށް މީހަކު މަރުވެއްޖެ އެވެ.

އޮސްޓްރޭލިއާގެ ކަމާބެހޭ އިދާރާތަކުން ބުނީ ސިޑްނީގައި 90 އަހަރުގެ އަންހެނަކު ކޮވިޑް-19 ޖެހުމަށް ފަހު މަރުވެފައިވާ ކަމަށެވެ. މިއީ އެ ސްޓޭޓުން ކޮވިޑްގައި މަރުވި 57 ވަނަ މީހާކަމަށް ބީބީސީ އިން ރިޕޯޓްކުރެއެވެ. 

އޮސްޓްރޭލިއާގެ އެންމެ ބޮޑު ސިޓީ ކަމަށްވާ ސިޑްނީ މިވަގުތު އޮތީ ފަސޭހައިން ފެތުރޭ ކޮވިޑްގެ ޑެލްޓާ ވެރިއަންޓް ކޮންޓްރޯލްކުރުމަށްޓަކާ ލޮކްޑައުންކޮށްފަ އެވެ. އެގައުމުން ކޮވިޑްގެ ފުރަތަމަ ކޭސް ފެނުން ފަހުން މިހާތަނަށް 31،000 މީހުން ބައްޔަށް ޕޮޒިޓިވްވި އިރު ބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދު އުޅެނީ 911 ގައެވެ. 

10 މަހަށް ފަހު އޮސްޓްރޭލިއާގައި މީހަކު ކޮވިޑްގައި މީހަކު މަރުވެފައިވާއިރު ނިއު ސައުތު ވޭލްސްގެ ޕްރެމިއާ ވަނީ ކޭސްތައް އިތުރުވެދާނެ ކަމުގެ އިންޒާރުދީފައެވެ.

ހުކުރު ދުވަހު ސިޑްނީގައި ދިރިއުޅޭ ފަސް މިލިއަން މީހުން ލޮކްޑައުންވާން އެންގިއެންގުން ނިމުމަކަށް ގެންނަން ހަމަޖެހިފައިވި ނަމަވެސް، މިހާރު އެ މުއްދަތު ވަނީ ޖުލައި މަހުގެ 16 ވަނަ ދުވަހާ ހަމަޔަށް އިތުރުކޮށްފައެވެ.

އޮސްޓްރޭލިއާގައި ކޮވިޑް-19 އިން ރައްކާތެރިވުމަށް ވެކްސިން ޖެހުމުގެ ދުވެލި ހުއްޓިފައިވާއިރު މިހާތަނަށް ވެކްސިން ޖަހާފައިވަނީ އާބާދީގެ 10 އިންސައްތައަށްވުރެ މަދު މީހުންނެވެ. ވެކްސިން އާއި ސިއްހީ އާލާތު ހޯދުމުގައި އުޅޭ ދަތިތަކުގެ ސަބަބުން ވެކްސިންގެ ކަންތައް ދެން ކުރިއަށް ދާނީ މިއަހަރު ފަހުކޮޅު ކަމަށް ރިޕޯޓްތައް ބުނެއެވެ. 

ބޯޑަރުން އެތެރެވުމަށް ހަރުކަށި އުސޫލުތަކެއް އޮންނަ އޮސްޓްރޭލިއާގައި ބަލި ކޮންޓްރޯލް ކުރަނީ އަވަސް ސްޕީޑެއްގައި ކޮންޓެކްޓް ޓްރޭސިން ހަދައިގެންނާއި ލޮކްޑައުންކޮށްގެންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް