ads
ހިޔާ ފުލެޓްތައް
ހިޔާ ފްލެޓްތައް ހަވާލުކުރާއިރު ވަގުތުން އިންޓަނެޓްގެ ހިދުމަތް ދެވޭނެ
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން (އެޗްޑީސީ) އިން 7000 ހިޔާ ފްލެޓުތަކުގައި ފައިބާ ކޭބަލް އާއި އޮޕްޓިކަލް ނެޓްވޯކް ޑިވައިސް އިންސްޓޯލް ކުރުމުގެ މަސައްކަތް ފަށައިފިކަމަށް އެޗްޑީސީން ބުނެފިއެވެ.

އޮޕްޓިކަލް ނެޓްވޯކް ޓާމިނަލްއަކީ ފައިބާ ޓު ހޯމް ކަނެކްޝަންގެ ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރެވޭނެ ވަސީލަތެއްކަމަށާއި މިއީ އެޗްޑީސީން މިހާރު ކުރިއަށް ގެންދާ ސްމާޓް ސިޓީ  އިނިޝިއޭޓިވްގެ މުހިންމު މަރުހަލާއެއްކަމަށް އެޗްޑީސީން މައުލޫމާތުދެއެވެ.  

އެޗްޑީސީން ބުނީ ފައިބާ ޓު ހޯމް ނެޓްވޯކެއް މުޅި ހުޅުމާލެ ސިޓީގައި ގާއިމު ކުރެވުމަކީ ސްމާޓް ސިޓީއަކަށް ހުޅުމާލެ ސިޓީ ހެދުމަށް އެޅޭ މުހިންމު ބިންގަލެއްކަމުގައެވެ. ހިޔާ ފްލެޓްތަކުގައި ވަރަށް ގިނަ ގޭބީސީ ހިމެނޭތީ ކޮންމެ ފްލެޓަކަށް ވަކިން ކޭބަލް އެޅުމަކީ އުދަނގޫކަމެއް ކަމަށާއި މިފަދަ ނެޓްވޯކެއް ގާއިމްވެފައި އޮތުމުން ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް އިތުރު ދަތިކަމަކާއި ނުލާ އަވަހަށް ގިނަ ފަރާތްތަކަކަށް ހިދުމަތް ފޯރުކޮއްދެވޭނެކަމަށް އެޗްޑީސީން ފާހަގަކުރެއެވެ. 

އެނެޓްވޯކްގެ ސަބަބުން ހިދުމަތް ލިބެންފެށުން އަވަސް ވާނެ ކަމަށާއި ހައި ސްޕީޑް އިންޓަނެޓް ލިބޭނެކަމަށްވެސް އެޗްޑީސީން ބުނެއެވެ.

ހިޔާ ފްލެޓްތައް ހަވާލުކުރާ އިރު މި ފައިބާ ޓު ހޯމް ނެޓްވޯކް ގާއިމްކޮށް ނިމިފައިވުމަކީ އެޗްޑީސީގެ އުންމީދެއްކަމަށް އެ ކޯޕަރޭޝަންއިން ބުނެއެވެ.   

33%
ކަމުގޮސްފި
67%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް