ads
އިމްރާން ހަޝްމީ
ޢިމްރާން ހަޝްމީގެ ހަށިގަނޑަށް ބޮޑު ބަދަލެއް!
އިމްރާން ހާޝްމީ އަކި އަބަދުވެސް ގިނަ ބައެއްގެ ސަމާލުކަން ހޯދަމުން އަންނަ ކުޅަދާނަ ތަރިއެކެވެ. ދާދި ފަހުން އިމްރާން ސޯޝަލް މީޑިއާގައި އާންމުކުރި ފޮޓޯއަކުން އޭނާގެ ހަށިގަނޑަށް ވަނީ ބެލުންތެރިން ހައިރާންވާވަރުގެ ބޮޑު ބަދަލެއް ގެނެސްފައެވެ.

މިފެށޭ އޮގަސްޓް މަހު ސަލްމާން ހާންގެ ސީކުއަލް ފިލްމް "ޓައިގާ 3" ގެ ޝޫޓިން ފެށުމަށް ހަމަޖެހިފައިވާއިރު މި ފިލްމުގެ ވިލަންގެ ރޯލް ކުޅުމަށް ހަމަޖެހިފައިވަނީ އިމްރާން ހަޝްމީއެވެ. އެހެންކަމުން މި ފިލްމަށް އިމްރާން ތައްޔާރުވަމުން އަންނަ މިންވަރު މި ފޮޓޯއިން ހާމަވެގެންދެއެވެ. 

ޖިމްގައި ހުރެ ނަގާފައިވާ ފޮޓޯއެއް ހޮނިހިރު ދުވަހު އިންސްޓަގްރާމުގައި އިމްރާން ހިއްސާކޮއްފައިވާއިރު، މި ފޮޓޯގެ ކެޕްޝަންގައި ބުނެފައިވަނީ މިއީ އަދި ފެށުން ކަމަށެވެ. މި ފޮޓޯއަށް ފަސް ލައްކައަށްވުރެ ގިނަ ލައިކް ލިބިފައިވާއިރު، އިމްރާންގެ ފޭނުން ވަނީ ފަސް ހާހައްވުރެ ގިނަ ކޮމެންޓް ކޮއްފައެވެ. ކޮމެންޓް ސެކްޝަންގައި ގިނަ ބަޔަކު ބުނެފައިވަނީ މިއީ ފިލްމް "ޓައިގަރ 3" ގެ ތައްޔާރީތައް ކަމުގައި ވާނަމަ ފިލްމް ވަރަށްވެސް ފުރިހަމަވާނެކަމަށް ބެލެވޭ ކަމަށެވެ. މި ފޮޓޯ އިންސްޓަގްރާމްގެ އިތުރުން އިމްރާން ވަނީ ޓްވިޓާގައި ވެސް ހިއްސާކޮށްފައެވެ. 

ފިލްމް "ޓައިގާ 3" ވެގެންދާނީ އިމްރާން އަދި ސަލްމާން އެކުގައި ފެނިގެންދާނެ ފުރަތަމަ ފިލްމަށެވެ. އިމްރާން މީގެކުރިން ބޮޑަށް ފެނިގެން ގޮސްފައިވަނީ ލޯބީގެ ފިލްމް ތަކުންނެވެ. އެހެން ކަމުން "ޓައިގާ 3" ވެގެންދާނީ އިމްރާންގެ ވެސް ކެރިއަރުގަ ތަފާތު ފިލްމަކަށެވެ. 

"ޓައިގާ 3" ގެ ލީޑް ރޯލުން ފެނިގެންދާނީ ސަލްމާ ހާނާއި އިމްރާން ހަޝްމީގެ އިތުރުން ކެޓްރީނާ ކައިފްއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް