ads
މޫސުމުގެ ސެޓެލައިޓް ފޮޓޮއެއް
ހއ. އަތޮޅުން ރ. އަތޮޅަށް ހުދު ސަމާލު ނެރެފި
މޫސުން ގޯސްވާނެކަމަށް ލަފާކޮށް، ހއ. އަތޮޅުން ފެށިގެން ރ. އަތޮޅާއި ހަމަޔަށް ހުދު ސަމާލު ނެރެފިއެވެ.

މޫސުމާބެހޭ ގައުމީ އިދާރާ،( މެޓް އޮފީސް) އިން އެ އަތޮޅުތަކަށް ހުދު ސަމާލު ނެރެފައިވަނީ މިއަދުގެ މެންދުރު ވަގުތެއްގައެވެ.

މެޓް އޮފީހުން ބުނީ މިއަދުގެ މެންދުރު 2:30 އިން ފެށިގެން ރޭގަނޑު 7:30 އަކާއި ހަމައަށް އެ ސަރަހައްދުތަކަށް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭ ކަމަށެވެ.

އެގޮތުން ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި، ކަނޑުތައް ގަދަވާނެކަމަށް މެޓް އޮފީހުން މައުލޫމާތު ދެއެވެ.

މީގެއިތުރުން، ހުޅަނގާއި ހުޅަނގު އުތުރުން، އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާއި ދެމެދުގެ ބާރުމިނެއްގައި ވައިިޖެހޭނެކަމަށްވެސް މެޓް އޮފީހުން ލަފާކޮށްފައިވެއެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް