ads
ދާކަޑް ފިލްމުގެ ޕޯސްޓަރެއް
ކަންގަނާ އޭނާގެ "ދާކަޑް" ކެރެކްޓާގެ ލުކް ދައްކާލައިފި
ކަންގަނާ ރާނައުތް އޭނާ މިހާރު ކުޅެމުންދާ ފިލްމު ދާކަޑްގައި އޭނާ ފެނިގެންދާނެ ގޮތް އާންމުންނައް ދައްކާލައިފިއެވެ.

އޭނާ އާދިއްތަ ދުވަހު އިންސްޓާގުރާމަށް ދޫކޮއްލި ފޮޓޯ އާއި އެކު އިން ކެޕްޝަން ގައި ބުނެފައިވަނީ މިއީ މި ފިލުމުގެ އެންމެ ވަރުގަދަ އެއްކެރެކްޓާ ކަމަށާއި މި ކެރެކްޓާއަށް ދީފައިވާ ނަމަކީ 'އެޖެންޓު އަގްނީ"ކަމުގައެވެ. 

މިހާރު މި ފިލްމުގެ ޝޫޓިންގެ ކަންތަކާއި ކަންގަނާ ހުރީ ބުދަޕެސްޓުގައިއެވެ.

މި ފިލްމުގެ އިތުރުން ކަންގަނާ މިހާރު ދަނީ މަނިކަރުނިކާ ރިޓާން، ތޭޖާސް އަދި ތަލައިވާ ކުޅެމުންނެވެ. މީގެ އިތުރުން އޭނާގެ އަމިއްލަ ޕްރޮޑަކްޝަން ޓީމުން ހަދަން ނިންމާފައިވާ އެމެޖެންސީ ވެސް ކުޅެމުންދެއެވެ.

އެމެޖެންސީ ފިލްމުގައި ބިނާކޮށްފައިވަނީ އިންޑިޔާގެ ކުރީގެ ބޮޑު ވަޒީރު އިންދިރާ ގާންދީގެ ދައުރުގައި އެގައުމުގައި ހިންގި މައްސަލަ ބޮޑު އިމަޖެންސީ އާއި އޮޕަރޭޝަން ބްލޫ ސްޓާއަށެވެ. އިންދިރާ އަކީ މަގާމުގައި ހުންނަވިކޮށް 1984 ގައި އަވަހާރަކޮށްލާފައިވާ ބޭފުޅެކެވެ. އެއީ ބޮޑުވަޒީރުގެ މަގާމުގައި ހުންނަވަނިކޮށް 1991 ގައި އަވަހާރަކޮށްލި ރަޖީވް ގާންދީގެ މަންމާފުޅެވެ. 

ކަންގަނާގެ ފިލްމު ކުންފުނި މަނިކަރްނިކާ ފިލްމްސް އިން ޕްރޮޑިއުސްކުރާ "އިމަޖެންސީ" އަށް ތައްޔާރުވާން ފެށި ނަމަވެސް ފިލްމުގެ ޝޫޓިން ފަށާނެ އިރަކާއި ފިލްމުގެ އިތުރު ކާސްޓުންނާއި ބެލުންތެރިންނަށް ފިލްމު ގެނެސްދޭނެ އިރެއް އަދި އިއުލާނެއް ނުކުރެ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް