ads
ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް--
ޓޫރިޒަމް ދާއިރާގެ މަތީ މަގާމްތަކަށް މީހުން ތަމްރީން ކުރަނީ
ފަތުރުވެރިކަމުގެ ސިނާޢަތުގެ މަތީ މަޤާމުތަކަށް (މެނޭޖްމަންޓް ލެވެލަށް) ދެވޭނޭމަގު ފަހިކޮށްދިނުމަށް، މިނިސްޓްރީ އޮފް ޓޫރިޒަމްއާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަސިޓީ އާ ދެމެދު ޓޫރިޒަމް ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މިފަހުމުނާމާގައި ސޮއިކުރުމުގެ މައިގަޑު މަޤުސަދަކީ ޓޫރިޒަމް ސިނާޢަތުގައި ދިވެހި މަސައްކަތްތެރީން އިތުރުކުރުމާއި، މި ދާއިރާގައި މަސައްކަތްކުރައްވާ ދިވެހިންނަށް އެބޭފުޅުން އަދާކުރާހިތްވާ ވަޒީފާތައް ހޯދައިދިނުމަށް މަގުފަހިކޮށްދީ މިދާއިރާއިން އިތުރަށް ކިޔެވުމުގެ ފުރުސަތު ހޯދައިދިނުން ކަމަށްޓޫރިޒަމް މިނިސްޓްރީން ބުނެއެވެ. 

އަދި ގިނަ ދިވެހީންތަކަކަށް ފަތުރުވެރިކަމުގެ ސިނާޢަތުގައި މަތީ މަޤާމުތަކަށް (މެނޭޖްމަންޓް ލެވެލަށް) ދެވޭނޭމަގު ފަހިކޮށްދިނުންވެސް މަގްސަދު ތަކުގެ ތެރޭގައި ހިމެނެއެވެ.

މިފަހުމްނާމާގައި އެއްބަސްވެފައިވަނީ ޢިލްމީ ރޮނގުންނާއި ޢަމަލީ ރޮނގުން ދެއިދާރާ ގުޅިގެން މަސައްކަތްކުރުމަށެވެ.

މި ފަހުމުނާމާގައި މިނިސްޓްރީ އޮފް ޓޫރިޒަމްގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ޓޫރިޒަމް، ޑރ. އަބްދުﷲ މައުޞޫމްއެވެ.  އަދި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ އެ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ، ޑރ. މުޙައްމަދު ޝަރީފްއެވެ. މިރަސްމިއްޔާތުގައި ޔުނިވަރސިޓީގެ  ފެކަލްޓީ އޮފް ހޮސްޕިޓަލިޓީގެ ޑީން ޒީނަތު ސާލިހް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ފަހުމުނާމާގެ ދަށުން ޔުނިވަރސިޓީގެ އެކެޑެމިކް ޕްރޮގްރާމްތަކާ ކޯސްތަކުގެ ތެރޭގައި ހިމެނޭ ދާއިރާތަކުން މީހުން ތަމްރީންކޮށްދިނުމަށް މިނިސްޓްރީ އިން ޔުނިވަރސިޓީގައި އެދުމުން އެކަމަށް ޔުނިވަރސިޓީ އިން މަގުފަހިކޮށްދީ ޖާގަ ހަމަޖައްސައިދިނުމަށް މިނިސްޓްރީ އޮފް ޓޫރިޒަމްއާއި ޤައުމީ ޔުނިވަރސިޓީއާ ދެމެދުވަނީ އެއްބަސްވެވިފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް