ads
ކުއްޖާ ފެނުނު ސަރަހައްދު ބަންދުކޮށްފައި-- ފޮޓޯ:ސީއެންއެމް
ރަހުމުކުޑަކޮށް މަރާލި 13 އަހަަރުގެ ކުއްޖާގެ ހަށިގަނޑު ރާއްޖެ ގެނެސްފި
ރަހުމުކުޑަކޮށް މަރާލާފައި އޮއްވާ ފެނުނު 13 އަހަރުގެ ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށްފަހު މިއަދުގެ ވަގުތެއްގައި ރާއްޖެ ގެނެސްފިއެވެ.

ހުޅުމާލޭގެ ފޭސް 2 ގައި މަރާލާފައި އޮއްވާ ފެނުނު ކުއްޖާގެ ހަޑިގަނޑު ފެނިފައިވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހުގެ މެންދަމު 2:38 ގައެވެ.

އަދި އިތުރު ތަހުގީގަށް އިންޑިޔާއަށް ރާއިފްގެ ހަށިގަނޑު ފޮނުވާފައިވާއިރު، ފުލުހުން ބުނީ މިއަދު އެ ކުއްޖާގެ ހަށިގަނޑު މާލެ ގެނެސްފައިވާކަމަށެވެ.

އެހެންނަމަވެސް ޕޯސްޓްމޯޓަމްގެ ނަތީޖާއަކީ ކޮބައިކަމާއި، މައްސަލައިގެ ތަހުގީގާއި މެދު ފުލުހުން މިހާތަނަށް އެއްވެސް ތަފްސީލެއް ނުދެއެވެ.

މިމައްސަލައާއި ގުޅިގެން ފުލުހުން ވަނީ 17 އަހަރުގެ ކުއްޖަކާއި 27 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައެވެ.

މި ފިރިހެން ކުއްޖާގެ މަރުގެ މައްސަލައިގައި، ދައުލަތުގެ އިދާރާތައް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ހާޒިރުކޮށްގެން ވަނީ ސުވާލުކޮށްފައެވެ. އެ ބައްދަލުވުން ވަނީ ސިއްރުކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް