ads
ފޮޓޯ: ގަން އިންޓަނޭޝަނަލް އެއާޕޯޓް
ގަން އިންޓަނޭޝަނަލް އެއާޕޯޓު ވެގެންދާނީ ރީޖަނަލް ހަބަކަށް: އިންޑިއާ
އިންޑިއާގެ އެހީގައި ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުން، އެ އެއާޕޯޓު ވެގެންދާނީ މި ސަރަހައްދުގެ ރީޖަނަލް ހަބަކަށް ކަމަށް އިންޑިއާއިން ބުނެފިއެވެ.

ރާއްޖޭގެ އެންމެ ދެކުނުގައި އޮތް އެންމެ ބޮޑު އެއާޕޯޓު ތަރައްގީ ކުރަނީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނުގެ އެހީގަ އެވެ. ގަން އެއާޕޯޓް ތަރައްގީކުރަން ހިންގާ މަޝްރޫއުގެ ދަށުން އިންޓަނޭޝަނަލް ޓާމިނަލް އަޕްގްރޭޑްކުރުމާއި ޑޮމެސްޓިކް ޓާމިނަލެއް އެޅުމާއި އެ ތަންތަނާ ގުޅިފައިވާ މަގުތައް ހެދުމުގެ އިތުރަށް ސަޕޯޓް އިންފްރާސްޓްރަކްޗާ ހެދުން ހިމެނެ އެވެ. 

ރާއްޖޭގައި ހުންނަ އިންޑިއަން ހައި ކޮމިޝަނުން ކުރި ޓްވީޓެއްގައި ބުނީ ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަސަައްކަތް ނިމުމުން އެއާޕޯޓުގެ ޓާމިނަލުގެ ފެންވަރު އެތަށް ގުނައަކުން ރަނގަޅުވެގެންދާނެ ކަމަށެވެ. 

އަދި އިންޑިއާއިން ރާއްޖެއަށް ދޫކޮށްފައިވާ 800 މިލިއަން ޑޮލަރުގެ ލައިިން އޮފް ކްރެޑިޓްގެ ދަށުން ކުރިއަށްދާ މި ޕްރޮޖެކްޓުގެ ސަބަބުން މި ސަރަހައްދުގައި ފާހަގަކޮށްލެވޭ ރިީޖަނަލް ހަބަކަށް ގަން އެއާޕޯޓް ވެގެންދާނެ ކަމަށް ވެސް ވަނީ ބުނެފައެވެ. ލައިން އޮފް ކްރެޑިޓްގެ ތެރެއިން 17 މިލިއަން ޑޮލަރު އެއާޕޯޓަށް ހަރަދު ކުރުމަށް ވަނީ ނިންމާފަ އެވެ. 

އިންޑިއަން ހައި ކޮމިޝަނުން ބުނީ މީގެ އިތުރުން ވެސް މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދެކުނުގެ ޓޫރިޒަމް ރަނގަޅުވެ، ދެކުނަށް ދާ ފަތުރުވެރިންގެ އަދަދު އިތުރުވުމުގެ އިތުރުން ސީ ޕްލޭން އޮޕަރޭޝަންތައް ވެސް ފުޅާ ވެގެންދާނެ ކަމަށެވެ.

އިންޑިއާގެ އެމްބަސީން މީގެ ކުރިން ބުނެފައިވާ ގޮތުގައި ގަން އެއާޕޯޓް ތަރައްގީކޮށް ނިމުމުން އެ އެއާޕޯޓުން އިންޑިއާ އަށް ސީދާ ދަތުރުތައް ކުރާން އިންތިޒާމުތައް ވެސް ހަމަޖައްސާނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް