ads
ރައީސް މުހައްމަދު ނަޝީދު އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް
ރައީސް ސޯލިހު އާއި އެކީ ސިޔާސީ ގޮތުން ހުރެވޭކަށް ނެތް: ރައީސް ނަޝީދު
ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި އެކީ ސިޔާސީ ގޮތުން ހުރެވެން ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވެފައިވަނީ އެމްޑީޕީގެ  ގައުމީ މަޖިލިސް "ވަޓްއެސް" ގްރޫޕަށް ފޮނުވި ޓެކްސްޓް މެސެއްޖައެވެ. އެ މެސެޖް ރައީސް ނަޝީދު ފޮނުއްވާފައިވަނީ މިއަދު ހަވީރު 4:15 ގައެވެ.

އެ މެސެޖްގައި ރައީސް ނަޝީދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އާއި އެ މަނިކުފާނާއި ދޭތެރޭ އެއްވެސް މައްސަލައެއް ޖެހިގެން ނޫޅޭ ކަމަށާއި، ނުވެސް ޖެހޭނެ ކަމަށެވެ. ނަމަވެސް ރައީސް ސޯލިހު އާއި އެ މަނިކުފާނާއި ދެމެދު މިހާރު ފިކުރީ ގޮތުން ހިޔާލު ތަފާތުވެފައިވާ ކަމަށެވެ.

" އަޅުގަނޑުމެންގެ ޒާތީ ކަންކަމުގައި އަބަދުވެސް އުޅޭނީ އެކީގައި. އަޅުގަނޑުގެ ދަރިންގެ އިބޫދޮންބޭބެ އެކީ " ރައީސް ނަޝީދުގެ މެސެޖުގައި ލިޔުއްވާފައިވެއެވެ.

އިތުރަށް ޓެކްސްޓް މެސެޖްގައި އެ މަނިކުފާނު ވިދާޅުވެފައިވަނީ އެހެންނަމަވެސް ދެން ރައީސްއާއި އެކީ ސިޔާސީ ގޮތުން ހުރެވޭކަށް ނެތް ކަމަށެވެ. އެމްޑީޕީ ބައެއް މީހުން ހިތްހަމަނުޖެހުނަސް އެކަމާއި އެ މަނިކުފާނު ކުރައްވާނެ ކަމެއް ނެތް ކަމަށް ރައީސް ނަޝީދު ވަނީ މެސެޖްގައި ލިޔުއްވާފައެވެ.

ރައީސް ޔާމީން އާއި ޕީޕީއެމްއިން މެދުމިނުގެ ދީނީ ސިޔާސަތައް ތާއީދުކުރާނަމަ، އެ ފަރާތްތަކުގެ އެހީއަށް އެދޭނެ ކަމަށް ރައީސް ނަޝީދު ވަނީ އެ މެސެޖްގައި ވިދާޅުވެފައެވެ.

ފަހަކަށް އައިސް ރައީސް ސޯލިހާއި، ރައީސް ނަޝީދާއި ދެ ބޭފުޅުންގެ ދެމެދުގައި ވަނީ އެކި ކަންތަކުގައި ހިޔާލު ތަފާތު ވެފައެވެ. ސަރުކާރުގެ ބައެއް ނިންމުންތަކަށް ރައީސް ނަޝީދު ގެންދަވަނީ ފާޅުގައި ފާޑުކިޔުއްވަމުންނެވެ. މޭ ހަވަނަ ދުވަހު ރައީސް ނަޝީދަށް ދިން ބޮމުގެ  ހަމަލާގެ ތަހްގީގް ސަރުކާރުން ކުރިއަށް ގެންދާ ގޮތާއި ދޭތެރޭވެސް އެ މަނިކުފާނު ވަނީ ހިތްހަމަނުޖެހުން ފާޅުކުރައްވާފައެވެ.

33%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
47%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް