ads
މީރާ- ފޮޓޯ:ސޯޝަލްމީޑިއާ
ޖޫން މަހު މީރާއިން 1.19 ބިލިއަން ރުފިޔާ ބަލައިގަނެފި
މިދިޔަ ޖޫން މަހު މީރާއިން 1.19 ބިލިއަން ރުފިޔާ ބަލައިގަނެފައިވާ ކަމަށް މީރާއިން ބުނެފިއެވެ.

މީރާއިން ބުނީ މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ %326.2 އިތުރު އަދަދެއް ކަމަށާއި މި އަދަދަކީ މިއަހަރުގެ ޖޫން މަހު ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ %3.2 އިތުރު އަދަދެއް ކަމަށެވެ. ޖޫން މަހު ލިބުނު އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ކޮވިޑް-19 އާ ގުޅިގެން މިދިޔަ އަހަރު މާލެ ފުރަބަންދުކޮށް، ރާއްޖޭގެ ބޯޑަރު ބަންދުކުރުމުގެ ސަބަބުން، ޓޫރިޒަމް ދާއިރާ އަދި އެހެން ދާއިރާތަކަށް ލިބުނު ހީނަރުކަމުގެ މިދިޔަ އަހަރު ޖޫން މަހު ލިބުނު އާމްދަނީ ދަށްވުން ކަމަށް މިރާ އިން ވަނީ ބުނެފައެވެ.

މީރާގެ އާންމުކޮށްފައިވާ ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރުގެ ޖޫން މަހަށް ވުރެ މިއަހަރު ޖޫން މަހުގައި އިންކަމް ޓެކްސް، ޖީ.އެސް.ޓީ، ގްރީން ޓެކްސް، އެއާޕޯޓް ޑިވެލޮޕްމަންޓް ފީ، އެއާޕޯޓް ސާވިސް ޗާޖް، އަދި ޓޫރިޒަމް ލޭންޑް ރެންޓް ގެ ގޮތުގައި ލިބިފައިވާ އާމްދަނީ ވަނީ އިތުރުވެފައެވެ. 

ޖޫން 2021 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ 43.6 އިންސަައްތަ ނުވަތަ 529.38 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓޫރިޒަމް ލޭންޑް ރެންޓުންނެވެ. އެއީ  31.1 އިންސަައްތަ ނުވަތަ 369.53 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން، އިންކަމް ޓެކްސްގެ ގޮތުގައި 80-94 މިލިއަން ރުފިޔާ ( 0-8 އިންސަައްތަ) ގްރީން ޓެކްސްގެ ގޮތުގައި 59.9 މިލިއަން ރުފިޔާ (5.0)، އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 30.34 މިލިއަން ރުފިޔާ (2.6 އިންސަައްތަ) އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ 102.64 މިލިއަން ރުފިޔާ (8.6 އިންސަައްތަ) ހިމެނެއެވެ.މި އަހަރު ޖޫން މަހު ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 54.98 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް