ads
ހުޒައިލް ބިން ނޫހު އަބްދުލް ގަފޫރު
ސިކުނޑީގައި ލޯވަޅެއް ، ބޭނުންވަނީ އެހީތެރިކަން
އާއިލާއާއި އެކީ އުފަލުގައި ގދ.ފަރެސްމާތޮޑާގައި ދިރިއުޅެމުން ގެންދިޔަ ކުޑަކުޑަ ހުޒައިލް ބިން ހޫދް އަބްދުލް ޣަފޫރު ގެ ހާލު ގޯސްވާންފެށީ ހީވެސްނުކުރާފަދަ ގޮތަކަށެވެ.

އެންމެ 4 އަހަރުގައި ހުޒައިލްގެ ހާލު ގޯސްވާންފެށުމުން، ވާނުވާ ނޭނގޭ ހާލު ހުޒައިލް ގޮވައިގެން އިންޑިޔާއަށް ދިޔައީ އުންމީދުގެ ހުޅުކޮޅެއް ފެނޭތޯއެވެ. ނަމަވެސް ޑޮކްޓަރުންގެ ފަރާތުން ލިބުނީ ދުވަހަކުވެސް ހީނުކުރާފަދަ ޖަވާބެކެވެ. ކުޑަކުޑަ ހުޒައިލްއަށް ކުރިމަތިލާންޖެހުނީ ދުވަހަކުވެސް ހީނުކުރާފަދަ ވޭނަކާއިއެވެ. 

ރާއްޖޭގައި ކުޑަކުދިންނަށް ފަރުވާދޭ ނާރުގެ ޑޮކްޓަރެއް ނެތުމުގެ ސަބަބުން އިންޑިޔާއަށް ގޮސް ކުރި ފަރުވާގައި ކުއްޖާގެ ހާލަތު، އެނގުނު ހަބަރު ހުޒެއިލްގެ މަންމަ ހިއްސާކުރީ ވަރަށް އަސަރާއެކުއެވެ.

ހުޒެއިލްއަށް ވަމުންދިޔަގޮތް، ކިޔާދެމުން ހުޒެއިލްގެ މަންމަ ބުނީ އެންމެ ފުރަތަމަ ހުޒެއިލްގެ ފަރާތުން ފެންނަމުން ދިޔައީ ފިޓުޖެހޭ މަންޒަރުތައް ކަމަށެވެ. އަދި ފަރުވާ ހޯދުމަށް ދެފަހަރުމަތިން އިންޑިޔާގެ އާނަންދަޕޫރީ ހޮސްޕިޓަލަށް ދިއުމުން، އުފެދުމުގައިވެސް ހުޒެއިލްގެ ސިކުނޑީގައި ލޯވަޅެއް އުފެދިފައިވާކަމަށް ޑޮކްޓަރުން ހާމަކުރިކަމަށް ހުޒެއިލްގެ މަންމަ ބުންޏެވެ.

ހުޒައިލްއަކީ އުމުރުން 4 އަހަރު ފުރުން ފަހުން ފިޓް ޖެހޭ ކުއްޖެއް. މިދިޔަ އަހަރު 2 ފަހަރު އިންޑިޔާގެ އާނަންދަޕޫރީ ހޮސްޕިޓަލަށް ދެއްކިން. -ހުޒައިލްގެ މަންމަ

ޑޮކްޓަރުން ބުނީ ހުޒައިލް އެފަދައިން ފިޓު ޖެހުމުގެ ސަބަބަކީ ސިކުނޑީގައި ލޯވަޅެއް އިނދެ، ނާރުތަކުގައި މައްސަލަ ހުރުމުން ކަމަށެވެ.

ހުޒައިލްގެ މަންމަ ބުނިގޮތުގައި ފަހުން ފަހުން އައިސް ހުޒައިލް އަށް ފިޓު ޖެހޭއިރު، ފިޓު ޖެހުންކަންވެސް ނޭނގެއެވެ. ހުއްޓުން އަރާފައި ހުރެ ކަޅި މައްޗަށް ގޮސްފައި ހުންނަނީ ކަމަށާއި ބޮލަށް ތަދުވާ ވާހަކަ އެކިފަހަރުމަތިން ބުނާކަމަށް ހުޒެއިލްގެ މަންމަ ބުނެއެވެ.  އަދި މިކަމުގެ އަސަރު ސިކުނޑިއަށާއި ސިކުނޑީގެ ނާރުތަކަށް ކުރަމުންދާކަމަށް ޑޮކްޓަރު ބުނެފައިވާކަމަށް ހުޒައިލްގެ މަންމަ ބުންޏެވެ.

ފަރުވާކުރުމަށް ޑޮކްޓަރުން ދޭ ބޭސްތަކުގެ ސަބަބުން ދަރިފުޅު، އުމުރާއި އެކަށީގެންވާވަރަށް ބަރު ނުވާކަމަށާއި، އެކަމުގެ ސަބަބުން ޑޯޒް މަތި ނުކުރެވޭކަމަށްވެސް ހުޒެއިލްގެ މަންމަ ކިޔާދިނެވެ.

ހުޒެއިލްގެ ހާލު އަނެއްކާވެސް ގޯސްވާން ފެށީ އިންޑިޔާއިން ފަރުވާކުރުމަށްފަހު ރާއްޖެއައިސް އުޅެނިކޮށްށެވެ. އަދި ޑޮކްޓަރަށް ދެއްކުމުން އަނެއްކާވެސް ރާއްޖޭން ބޭރަށް ގޮސް ފަރުވާ ހޯދުމަށް ދިން ލަފާގެ މަތިން ރާއްޖޭން ބޭރަށް ދިއުމަށް މަސައްކަތް ކުރަމުން ގެންދާކަމަށް ހުޒައިލްގެ މަންމަ ބުންޏެވެ.

ހުޒައިލްގެ މަންމަ ބުނީ ކުޑަކުޑަ ހުޒައިލްގެ ފަރުވާގެ ހަރަދަށް އާސަންދަ ލިބުނުކަމުގައިވީނަމަވެސް، ފަރުވާއަށް ހުރަސްއެޅެނީ، ބޭރުގައުމެއްގައި ހުޒައިލްގެ ފަރުވާއަށް ދާއިރު ކަރަންޓީނުވާން ނަގާ ބޮޑެތި އަދަދުގެ ހަރަދަށް ކަމަށެވެ.

އާއިލާއަކީ މިފަދަ ހަރަދުތައް ކުރުމަށް މާލީގޮތުން ތަނަވަސްކަން ލިބިފައިވާ ބައެއް ނޫންކަމަށާއި، ހުޒެއިލްގެ ފަރުވާއަށް ވީހާވެސް އަވަހަކަށް ފައިސާގެ އެހީތެރިކަމަށް ވަނީ އިންތިހާއަށް ބޭނުންޖެހިފައިކަމަށް ހުޒެއިލްގެ މަންމަ ކިޔާދިނެވެ.

ހުޒެއިލްގެ މަންމަ މިހާރު ބޭނުންވަނީ ހެޔޮ އެދޭ ފަރާތްތަކުގެ ދީލަތި އެހީއެވެ. 

މި ހިތްދަތި ހާދިސާއާއި ގުޅިގެން ކުޑަކުޑަ ހުޒެއިލް އާއި އޭނާގެ އާއިލާ ވަނީ ނުތަނަވަސް ކަމެއްގެ ތެރޭގައެވެ. އުއްމީދު ކުރަނީ ބަލިން ރަނގަޅު ވުމެވެ. އަހަރެމެން ހެޔޮ ދުއާކުރަމެވެ. މާތްﷲ ހުޒެއިލްއަށް އަވަސް ޝިފާއެއް މިންވަރު ކުރައްވާށިއެވެ. 

އެހީތެރިވުމަށާއި އިތުރު މައުލޫމާތު ހޯދުމަށް:

ބީއެމްއެލް (ދިވެހި ރުފިޔާ) އެކައުންޓް ނަމްބަރު:  7730000221369

your imageހުޒައިލްގެ މެޑިކަލް ރިޕޯޓެއް

your imageހުޒައިލްގެ މެޑިކަލް ރިޕޯޓެއް

43%
ކަމުގޮސްފި
29%
އަޑުއެހިތާ މިހުރީ
29%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް