ads
އުރީދޫ ކްލަބް ޕްރިމިއާ ހިދުމަތް ހުޅުވާލުން
އުރީދޫ މޯލްޑިވްސްގެ ރިވޯރޑް ސްކީމް، ކްލަބް ޕްރިމިއަރގެ ޚިދުމަތް ސުޕަނެޓް ކަސްޓަމަރުންނަށް
އުރީދޫ މޯލްޑިވްސްގެ އެއްވަނަ ދަރަޖައިގެ ރިވޯރޑް ސްކީމް، އުރީދޫ ކްލަބް ޕްރިމިއަރގެ ޚިދުމަތް ސުޕަރނެޓް ކަސްޓަމަރުންނަށް މިއަދު ހުޅުވާލައިފިއެވެ.

2015ވަނަ އަހަރު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ތައާރަފްކުރެވިފައިވާ މި ޚިދުމަތަކީ އެކުންފުނީގެ އެންމެ އަގުހުރި ކަސްޓަމަރުންނަށް އަމާޒުކޮށް ތައާރަފްކުރެވިފައިވާ ވަރަށް ހާއްސަ ރިވޯޑް ސްކީމެކެވެ. ކްލަބް ޕްރީމިއާ ރިވޯރޑް ސްކީމްގެ ދަށުން ދިވެހިރާއްޖޭގެ އަދި ބައިނަލްއަގުވާމީ އެކި ބްރޭންޑްތަކުގެ ހާއްސަ ޚިދުމަތްތަކާއި ޑިސްކައުންޓްތައް ލިބިގެންދެއެވެ.

ސުޕަރނެޓް 40އެމް އާއި މަތީގެ ޕެކޭޖްތައް ގެންގުޅުއްވާ ކަސްޓަމަރުންނަށް ކްލަބް ޕްރިމިއަރގެ ޚިދުމަތް ލިބޭއިރު، ގެންގުޅުއްވާ ޕެކޭޖަކާއި ގުޅޭގޮތަށް ސިލްވަރ، ގޯލްޑް އަދި ޕްލެޓިނަމް މެމްބަރޝިޕްއަށް ބެހިގެންދާނެއެވެ. ކްލަބް ޕްރިމިއަރ މެމްބަރުންނަށް ލިބޭ ޚިދުމަތްތަކުގެ ތެރޭގައި:

ޕްލެޓިނަމް

ގޯލްޑް

ސިލްވަރ

ލިބޭ ޚިދުމަތްތައް

ü

ü

ü

ރާއްޖޭގެ މަގުބޫލް އެތައް ބްރޭންޑްތަކުން ހާއްސަ ޚިދުމަތްތަކާއި ޑިސްކައުންޓް

ü

ü

ü

ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް ޚިދުމަތްދިނުމަށް ޚާއްސަކުރެވިފައިވާ ކްލަބް ޕްރިމިއާ ލައުންޖު އެކްސެސް

ü

ü

ü

އުރީދޫގެ ހާއްސަ ޕްރޮމޯޝަންތަކާއި ޚިދުމަތްތައް

ü

ü

-

ލައިފް އިންޝުރަންސް

ü

ü

-

ޕްރައޯރިޓީ ޕާސް މެމްބަރޝިޕް

"ކްލަބް ޕްރިމިއަރ ރިވޯރޑް ސްކީމްއަކީ އަޅުގަނޑުމެންގެ ކަސްޓަމަރުންގެ އަގުވަޒަން ކުރުމަށްޓަކާއި އުރީދޫގެ ޚިދުމަތްތަކުގެ އިތުރުން ރާއްޖެއާއި ރާއްޖެއިން ބޭރުގައި އެކި ޚިދުމަތްތައް ފޯރުކޮށްދޭ މަގްބޫލް ބްރޭންޑްތަކުން ހާއްސަ ހިދުމަތްތަކާއި ޑިސްކައުންޓްތައް ލިބޭ ގޮތައް ފަރުމާކުރެވިފައިވާ ވަރަށް ހާއްސަ ޕްރޮގްރާމްއެއް. މިއަދު ސުޕަރނެޓް ކަސްޓަމަރުންނަށް ވެސް މިޚިދުމަތަށް އަޅުގަނޑުމެން މި މަރުހަބާ ކިޔަނީ ނުހަނު އުފަލާއެކު، ކުރިއަށް އޮތްތަނުގައިވެސް އަޅުގަނޑުމެންގެ މިފަދަ ޚިދުމަތްތައް ފުޅާކޮށް އިތުރު ފުރިހަމަކަމާއި ގިނަ ފައިދާތަކެއް ހޯދައިދިނުމުގައި ދެމިތިބޭނެކަމުގެ ޔަގީންކަން އަރުވަމުން." އުރީދޫގެ ޗީފް ކޮމަރޝަލް އޮފިސަރ ހުސައިން ނިޔާޒު ވިދާޅުވިއެވެ.

ކްލަބް ޕްރިމިއަރ ޚިދުމަތް އުރީދޫއިން ތައާރަފްކުރީއްސުރެ، މި ޚިދުމަތް ފުޅާކޮށް ގިނަ ފައިދާތަކެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް އަބަދުވެސް ކުރަމުންދެއެވެ. އެގޮތުން ފަހުގެ އައު ބްރޭންޑްތަކާއި ޕާޓްނަރވެ ހާއްސަ ޑިސްކައުންޓްތައް ފޯރުކޮށްދެއެވެ. ރާއްޖޭގެ ބްރޭންޑްތަކަށް ބަލާއިރު ބްރޭންޑްލޫމް، ކޮފީ ލެބް މޯލްޑިވްސް، ސޮނީ ލައިފްސްޓައިލް، ކައިލާންގެ އިތުރުން އެހެނިހެން މަގްބޫލް ބްރޭންޑްތަކުން %20އާއި ހަމައަށް ޑިސްކައުންޓް ލިބެއެވެ. މީގެ އިތުރުން ކްލަބް ޕްރިމިއަރ މެމްބަރުންނަށް ހާއްސަކޮށްފައިވާ ކްލަބް ޕްރިމިއަރ ލައުންޖުން ހިތްގައިމު މާހައުލެއްގައި ކަސްޓަމަރުންނަށް ބޭނުންވާ ޚިދުމަތް ފަސޭހަކަމާއި އެކު ލިބިވަޑައިގަންނަވާނެއެވެ.

މީގެ އިތުރުން، ގޯލްޑް އަދި ޕްލެޓިނަމް މެމްބަރުންނަށް އެއަރޕޯޓް ލައުންޖް އެކްސެސް ފޯރުކޮށްދޭ ދުނިޔޭގެ އެންމެ ވަރުގަދަ އެއް ބްރޭންޑް ކަމުގައިވާ ޕްރައޯރިޓީ ޕާސް ގެ މެމްބަރަކަށް ވުމުގެ ފުރުސަތުވެސް ހުޅުވިގެންދާނެއެވެ. ޕްރައޯރިޓީ ޕާސް މެމްބަރޝިޕްއާއި އެކު އިކޮނޮމީ ކްލާސް ނުވަތަ ޕްރީމިއަމް އިކޮނޮމީ ކްލާސް ޓިކެޓަކާއެކުވެސް މި ލައުންޖްތަކުން ޚިދުމަތް ހޯދޭނެއެވެ.

ކްލަބް ޕްރިމިއަރ މެމްބަރޝިޕް ލިބިވަޑައިގަތް ކަސްޓަމަރުންގެ ޑިޖިޓަލް ކާޑް އުރީދޫ އެޕް މެދުވެރިކޮށް ފެނިވަޑައިގަންނަވާނެއެވެ.

ސުޕަރނެޓް ޕެކޭޖް އަޕްގްރޭޑްކުރުމަށް ore.do/sn ޒިޔާރަތްކޮށްލައްވާށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް