ads
ހިޔާ ފުލެޓްތައް
ހިޔާ ފްލެޓް އެގްރިމެންޓުގައި 112 މީހަކު ސޮއިކޮށްފި
ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލެ ފޭސް-2ގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓަށް ހޮވުނު މީހުންގެ ތެރެއިން މިހާތަނަށް 112 މީހަކާއެކު ސޮއިކޮށްފައިވާކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ބުނެފިއެވެ.

އެޗްޑީސީން ބުނިގޮތުގައި އިއްޔެ ހިޔާ ފްލެޓުގެ ޓަވަރު H9 ގެ ފްލެޓްތަކަށް ސޮއިކުރީ، އެއްބަސްވުން ތައްޔާރުކުރުމަށް ކޮންމެހެން ބޭނުންވާ މައުލޫމާތު އެކޯޕޮރޭޝަނަށް ހުށަހެޅި މީހުންގެ ތެރެއިން މައުލޫމާތު ކަށަވަރުކޮށްފައިވާ 118 މީހުންގެ ތެރެއިން 112 މީހެކެވެ.

ޓަވަރު H9 ގެ ފްލެޓުތަކަށް ސޮއިކުރުން އިއްޔެ އާއި މިއަދަށް ތާވަލުކުރެވުނު ނަމަވެސް، އިތުރު މީހުން މައުލޫމާތު ފޯމު ހުށަހަޅަމުން ދާކަން ފާހަގަކޮށް އެޗްޑީސީން ބުނީ މިއަދަށް ތާވަލުކުރެވިފައިވާ މީހުންގެ ސޮއިކުރުން ފަސްކޮށްފައިވާކަމަށެވެ.

އަދި މިމަހުގެ 18 ވަނަ ދުވަހު ފްލެޓުތަކަށް ސޮއިކުރުން ކުރިއަށްދާނެކަމަށްވެސް އެޗްޑީސީން މައުލޫމާތުދެއެވެ.

އެހެންނަމަވެސް ޓަވަރު H13 ގެ އެއްބަސްވުމުގައި ސޮއިކުރާ ދުވަހަކަށް ބަދަލެއް ނާންނާނެކަމަށް ބުނެ އެޗްޑީސީން ބުނީ އެޓަވަރަށް ސޮއިކުރާނީ މީގެކުރިންވެސް ތާވަލުކުރެވިފައިވާ ފަދައިން މިމަހުގެ 17 ވަނަ ދުވަހު ކަމަށެވެ.

އެޗްޑީސީން ބުނީ ހުރިހާ ޓަވަރެއްގެ އެއްބަސްވުމުގައި ސޮއިކުރުމަށް ވަކި ތާރީހެއް ކަނޑައެޅިފައިވީނަމަވެސް އެއްބަސްވުމުގައި ސޮއިކުރުމަށް ފުރުސަތު ދޭނީ އޮންލައިން ޕޯޓަލްގެ ޒަރިއްޔާއިންނާއި އެކޯޕަރޭޝަނަށް މައުލޫމާތު ފޯމު ހުށަހަޅާ މީހުންގެ ތެރެއިން މައުލޫމާތުތައް ކަށަވަރުކުރުމަށްފަހު ސޮއިކުރަން ތާވަލުކޮށް އެޗްޑީސީން އިއުލާނުކުރާ މީހުންނަށް ކަމަށެވެ.

އެއްބަސްވުމުގައި ސޮއި ކުރުމުގެ ކަންތައްތައް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ ހުޅުމާލެގައިވާ ހުރަވީ ސްކޫލު ހޯލްގައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް