ads
ކާނަލް ނާޒިމް - ފޮޓޯ: ޕީއެސްއެމް
ކާނަލް ނާޒިމްގެ ޕާޓީ ހެދުމަށް އީސީން ހުއްދަދީފި
ރައްޔިތުންގެ މަޖިލީހުގެ ދަގެނތީ ދާއިރާގެ މެމްބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް އަމިއްލަ ޕާޓީއެއް ހައްދަވަން ނިންމި ނިންމެވުމަށް އިލެކްޝަންސް ކޮމިޝަން(އީސީ)ން ހުއްދަ ދީފިއެވެ.

މޯލްޑިވްސް ނެޝަނަލް ޕާޓީގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް ކާނަލް ނާޒިމް ނިންމަވާފައިވާއިރު، މިއަދުގެ ވަގުތެއްގައި އީސީން ކުރި ޓްވީޓެއްގައި ވަނީ ކާނަލް ނާޒިމްގެ ޕާޓީގެ މަސައްކަތް ކުރުމަށް ހުއްދަދީފައިވާކަމަށް ބުނެ އީސީއިން ވަނީ ޓްވީޓްކޮށްފައެވެ.

މޯލްޑިވްސް ނެޝަނަލް ޕާޓީ ހެދުމަށް އީސީއަށް ފޯމު ހުށަހަޅާފައިވަނީ ޕާޓީގެ މަސްއޫލުވެރިއެއް ގޮތުގައި ހުންނަވާ ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު އުޝާމްއެވެ.

އެގޮތުން މެމްބަރު އުޝާމް ކުރި ޓްވީޓެއްގައި އޭނާ ވަނީ މޯލްޑިވްސް ނެޝަނަލް ޕާޓީއަކީ ކާނަލް ނާޒިމާއި، އަބްދުﷲ ރިޔާޒްއާއި، މުހައްމަދު ނަޝީދު އަބްދުﷲ ގެ އިތުރުން އަބްދުލް މުހުސިން ހަމީދު އާއި ގުޅިގެން އުފައްދަން މަސައްކަތް ކުރަމުންދާ ސިޔާސީ ޕާޓީއެއްކަމަށް ވިދާޅުވެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް