ads
މާލެއަށް ކަރަންޓްދޭ އިންޖީނުގެ؛ ތެލަށް ކުރާ ހަރަދު ދަނީ ކުޑަކުރަމުން--
ތެލަށް ކުރާ ހަރަދުން އަހަރަކު 147.8 މިލިއަން ރުފިޔާ ސަލާމަތް ކުރެވިއްޖެ
އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފެއްދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން އިންޖީނުގެތަކުން ތެލަށް ކުރާ ހަރަދުން އަހަރަކު 147.8 މިލިއަން ރުފިޔާ ސަލާމަތްކުރެވިއްޖެކަމަށް ސްޕެޝަލް އެންވޯއީ ފޯ ކްލައިމެޓް ޗޭންޖް ސަބްރާ އިބްރާހީމް ނޫރައްދީން ވިދާޅުވެއްޖެއެވެ.

ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނާއި ސަރުކާރާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ހިންގާ ނޫރާއްޖެ ޕްރޮގްރާމާއި ގުޅިގެން ކައުންސިލަރުންނަށް މައުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސަބްރާ ވިދާޅުވީ އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފެއްދުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދޭކަމަށެވެ.

ދެ އަހަރު ތެރޭ، ބޭރުގެ މަޝްރޫއުތަކުގެ ތެރެއިން 26 ރަށުގައި ޖުމްލަ 2.86 މެގަވޮޓް ގެ ކަރަންޓު އުފެއްދޭ ވަރުގެ ސޯލާ ޕެނަލް ހަރުކުރެވިފައިވާކަަމަށާއި މިކަމުގެ ނަތީޖާއެއްގެ ގޮތުން މިހާރު ޖައްވަށް ބޭރުވާ ކާބަންޑައިއޮކްސައިޑްގެ ތެރެއިން، އަހަރަކު ޖުމްލަ 72،178 ޓަނުގެ ކާބަންޑައިއޮކްސައިޑް މަދުކުރެވިފައިވާކަމަށް ސަބްރާ ވިދާޅުވި އެވެ. 

"ނަތީޖާއެއްގެ ގޮތުން މިހާރު ޖައްވަށް ބޭރުވާ ކާބަންޑައިއޮކްސައިޑްގެ ތެރެއިން، އަހަރަކު ޖުމްލަ 72،178 ޓަނުގެ ކާބަންޑައިއޮކްސައިޑް މަދުކުރެވިފައި. އިންޖީނުގެތަކުން ތެލަށް ކުރާ ހަރަދުން އަހަރަކު 147.8 މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެ،" ސަބްރާ ވިދާޅުވި އެވެ.

މޫސުމީ ބަދަލުތަކާއި ދެކޮޅަށް ސަރުކާރުން ކުރާ އިތުރު މަސައްކަތްތަކުގެ ތަފްސީލް ދެއްވަމުން، ސަރުކާރުގެ މުހިއްމު ސިޔާސަތެއް ކަމުގައިވާ ރައްކާތެރި ގޮތެއްގައި ކުނި މެނޭޖްކުރުމުގެ މަސައްކަތުގެ ތެރޭގައި ހިމެނިގެން މިދިޔަ މަހުގެ އެކަކުން ފެށިގެން، އެއް ފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލުމުގެ އަމަލީ މަސައްކަތް ފަށާފައިވާކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. 

ކުނި މެނޭޖްކުރާ ގަވައިދަށް ގެނެވުނު އިސީލާހާއިއެކު، ކުނި ބައިބަޔަށް ވަކިކުރެވި ފަނާވާ ޒާތުގެ ކުނި ރަށު ފެންވަރުގައި މެނޭޖްކުރުމަށް ބާރުއެޅިގެންދާނެކަމަށާއި މިކަމުގެ ސަބަބުން، ކުނި ކޮށީގައި ކުނި އެންދުން ހުއްޓުމަކަށް ގެނެސް، ޖައްވަށްދޫވާ ވިހަ ގޭސްތައް މަދުވެގެންދާނެކަމަށް ސަބްރާ ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް