ads
ކައުކޯ 19 ނަންބަރު، ފްރާންސް ކުޅުންތެރިއެއް ކައިރިން ބޯޅަ ހޯދަނީ
ޔޫރޯގައި ކުޅުނު ކުޅުންތެރިއެއް މޯހަން ބަގާންއަށް
އޭއެފްސީ ކަޕުގައި މާޒިޔާއާ އެކު އެއް ގުރޫޕެއްގައި ހިމެނޭ އިންޑިޔާގެ މޯހަން ބަގާންއަށް، މި ފަހަރުގެ ޔޫރޯގައި ކުޅުނު ކުޅުންތެރިއަކު ސޮއިކޮށްފިއެވެ. މޯހަން ބަގާންއަށް ސޮއިކުރީ، ފިންލެންޑްގެ ޖޯނީ ކައުކޯއެވެ.

އޭއެއެފްސީ ކަޕުގައި މާޒިޔާއާ އެއް ގްރޫޕެއްގައި ހިމެނޭ އިންޑިޔާގެ އެންމެ ގިނަ ދުވަސްވީ، އަދި އެންމެ ބޮޑު އެއް ކްލަބުކަމަށްވާ މޯހަން ބަގާންއަށް ސޮއިކުރި ޖޯނީއަކީ ނިމުނު ޔޫރޯގެ އިތުރުންވެސް ފިންލަންޑްގެ ގައުމީ ޓީމަށް މިހާތަނަށް ތިރީހަކަށް މެޗު ކުޅެފައިވާ ތަޖުރިބާކާރު މިޑްފީލްޑަރެކެވެ. މިހާރު އުމުރުން އެއް ތިރީސް އަހަރުގެ ޖޯނީވަނީ ފިންލަންޑްގެ ސޯޅަ އަހަރުން ދަށުގެ ގައުމީ ޓީމުން ފެށީގެން ހުރިހާ އުމުރުފުރާއަކަށް ކަހަހަ ގޮތަކަށް ދެހާސް ހަވަނަ އަހަރުން ފެށިގެން ކުޅެފައެވެ. މޯހަން ބަގާންއަކީ އޭޝިޔާގައި އޭނާ ކުޅޭ އެންމެ ފުރަތަމަ ކްލަބެވެ. ކުރިން މުޅިންވެސް ކުޅެފައިވަނީ ޔޫރަޕުގައެވެ. މި ގޮތުން ފިންލަންޑްގެ އިތުރުން ޑެންމާކު އަދި ޖަރުމަނުގައި އޭނާވަނީ ކުޅެފައެވެ.

އޭއެފްސީ ކަޕުގައި މާޒިޔާއާ އެއް ގްރޫޕެއްގައި ހިމެނޭ މޯހަން ބަގާންއިންވަނީ ޖޯނީގެ އިތުރުންވެސް ބައެއް ކުޅުންތެރިން އެ ޓީމުގައި ހިމަނާފައެވެ. އޭގެ ތެރޭގައި އިންޑިޔާގެ ގައުމީ ޓީމުގެ ބައެއް ކުޅުންތެރިންނާ ބިދޭސީ ކުޅުންތެރިން ހިމެނެއެވެ.

މޯހަން ބަގާންއާ، މާޒިޔާގެ އިތުރުން އޭއެފްސީ ކަޕުގައި އެ ގްރޫޕުގައި ދެން ހިމެނެނީ ބަންގަލްދޭޝްގެ ޗެމްޕިއަން ބަޝަންދުރާ ކިންސްގް އަދި ޕްލޭ އޮފުން ކޮލިފައިވާނެ ޓީމެކެވެ. ޕްލޭ އޮފްގައި ރާއްޖޭގެ އީގަލްސްއާ ވާދަކުރާނީ އިންޑިޔާގެ ބެންގަލޫރު އެފްސީއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް