ads
ހުސެއިން އިސްމާއިލް
ޔޫތު މިނިސްޓްރީއަށް އިތުރު ސްޓޭޓް މިނިސްޓަރެއް
ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް މއ. ބޯގަންވިލާ، ހުސައިން އިސްމާއީލް އައްޔަން ކުރައްވައިފި އެވެ.

ލ. ފޮނަދޫ ދާއިރާގެ އެމްޑީޕީ ގައުމީ މަޖިލީހުގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި ހުސައިން އަކީ ހީޓް ހެލްތް އެންޑް ފިޓްނަސް ގެ ޗެއަމަންގެ އިތުރުން ސަރުކާރުގެ އިސް މަގާމުތައް ވެސް މީގެ ކުރިން ފުރުއްވާފައިވާ ބޭފުޅެެކެވެ. އެގޮތުން މިނިސްޓްރީ އޮފް ހިއުމަން ރިސޯސް ޔޫތް އެންޑް ސްޕޯޓްސްގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުވެސް ހުސައިން ވަނީ އަދާކުރައްވާފައެވެ.

އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްގެ ބޭބެ ހުސެއިން އަކީ ބެލްޖިއަމްގެ އިކޮނިމިކްސް ސްޓަޑީ ބިއުރޯ ބަޖް އިން ޑިޕްލޮމާ އިން މާކެޓީން އެންޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ޕްލޭނިން ހާސިލްކުރައްވައިގެން ހުންނެވި ބޭފުޅެކެވެ.

ޔޫތު މިނިސްޓްރީއަށް އިތުރު ސްޓޭޓް މިނިސްޓަރަކު އައްޔަން ކުރެއްވިއިރު މިހާރު އެ މަގާމުގައި ހުންނެވީ، އަސްހަދު އަލީ(އަޑުބަރޭ) އެވެ. ހުސައިންއާއިއެކު، ޔޫތު މިނިސްޓްރީގައި މިހާރު ދެ ސްޓޭޓް މިނިސްޓަރުން ތިއްބަވާނެ އެވެ. 

މީގެ އިތުރުން ޖެންޑަ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށްވެސް މިއަދު ވަނީ ބޭފުޅަކު އައްޔަން ކުރައްވާފައެވެ. އެމަގާމަށް އައްޔަން ކުރައްވާފައިވަނީ، މ. ބާންސާގެ، މުހައްމަދު ޝިހާބު އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް