ads
ފޮޓޯ: ސަން
"ނަޒާހަތްތެރި މަޖިލީހަކުން ސަރުކާރަށް ވައުދު ފުއްދަން ފުރުސަތުދޭނެ"
ބިލްތައް ގުޅިފައިވަނީ ސަރުކާރުން ވެފައިވާ ވައުދުތަކާކަމަށާއި، ނަޒާހަތްތެރި މަޖިލީހަކުން އެ ބިލްތައް ހުށަހަޅާނެ ފުރުސަތު ދޭނެކަމަށް އެޓާނީ ޖެނެރަލް އިބްރާހިމް ރިއްފަތު ވިދާޅުވެއްޖެއެވެ.
ބިލްތައް ގުޅިފައިވަނީ ސަރުކާރުން ވެފައިވާ ވައުދުތަކާކަމަށާއި، ނަޒާހަތްތެރި މަޖިލީހަކުން އެ ބިލްތައް ހުށަހަޅާނެ ފުރުސަތު ދޭނެކަމަށް އެޓާނީ ޖެނެރަލް އިބްރާހިމް ރިއްފަތު ވިދާޅުވެއްޖެއެވެ.

ރިއްފަތު މިހެން ވިދާޅުވީ، ސަރުކާރުން ހުށަހަޅާބިލްތައް މަޖިލީހުން ފަރުމާކުރުމަށް މަސައްކަތް ކުރަމުން އަންނަ ދަނޑިވަޅެއްގައެވެ.

"ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅާ ބިލްތަކަކީ ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށްޓަކައި، ސަރުކާރުގެ މައިގަނޑު ސިޔާސަތުތަކާއި އެތަންފީޛުކުރާނެ ހަމަތައް ބަޔާންކުރާ އެއް ވަޞީލަތެވެ. ނަޒާޙަތްތެރި މަޖިލީހަކުން އެފުރުޞަތު ސަރުކާރަށް ފަހިކޮށްދޭނެއެވެ." ރިއްފަތު މިއަދު ކުރެއްވި ޓްވީޓެއްގަ ވިދާޅުވިއެވެ.

ރިއްފަތު މިހެން ވިދާޅުވިއިރު މިނިސްޓާ އޮފް ޔޫތް އެންޑް ސްޕޯޓްސް އަހުމަދު މަހުލޫފް ވެސް ވަނީ ބިލްތައް މަޖިލީހުން ފަރުމާ ކުރުމާ ބިލްތައް ޑްރާފްޓް ކުރަން ވާނީ ސަރުކާރުން ހުށަހަޅާ ބިލްތައް ޑްރާފްޓްކުރާނީ އެޓާނީ ޖެނެރަލް އޮފީހުން ކަމަށް ވިދާޅުވެފައެވެ.

"މަޖިލިސް ނަޒާހަތްތެރިވާނީ އެމަޖިލިހުގައި ތިބޭ މެމްބަރުންނަށް ނަޒާހަތްތެރިވާން ދަސްވެގެން ނޫންތޯ؟
ތަޅުމުގައި އިމެއް މިނެއްނެތި ހިތުހުރިހާ އެއްޗެއް ކިޔާ، ރައްޔިތުންނަށް ފުރައްސާރަކުރާ ފެންވަރުގައިބައެއް މެމްބަރުން ތިިބޭއިރު ހެޔޮބަދަލެއް ގެންނާނީ ކިހިނަކުންތޯ؟" ސޯޝަލް މީޑިއާގަ ހުމޭ ކިޔާ މިހާކު ބުނެފައިވެއެވެ.

އަދި އެހެން މީހަކު ބުނެފައިވަނީ ބިލުތަކުގެވާހަކަ ދެއްކީ ސަރުކާރުން ވިޔަކަސް އަދި އެޖެންޑާ19 ގައި ވިޔަސް ބިލު ހަދަން ވާނީ ރައްޔިތުންނަށް މައުލޫމާތު ދީ ހިޔާލު ހޯދައިންކަމަށެވެ.

" ތިޔަބިލުތަކުގެ ވާހަކަދެއްކިޔަސް، ރައްޔިތުންގެމައްޗަށް ހިންގަންހަދާ ކޮންމެ ޤާނޫނެއްހަދަންޖެހޭނީ އެކަށީގެންވާވަރަށް ދިރާސާކޮށް، ފުޅާދާއިރާއެއްގައި ރައްޔިތުންނަށް މައުލޫމާތުދީ ހިޔާލު ހޯދުމަށްފަހު، އެހެންއެކަންވިތޯ؟"
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް