ads
ނަޝީދަށް ހަމަލާ ދިނުމުގައި ބައިވެރިވިކަމުގެ ތުހުމަތުގައި ހައްޔަރު ކުރެވުނު ތިން މީހުން
ބޮން ގޮއްވާލި މީހުންނަށް ދައުވާ ކުރަން އަންނަ ހަފްތާގައި ޕީޖީއަށް ފޮނުވަނީ
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ބޮންގޮއްވާލި ކަމަށް ތުހުމަތުކޮށް ހައްޔަރުކުރި މީހުންެގެ މައްޗަށް ތަހުގީގު ހިންގާ ނިންމާ އަންނަ ހަފްތާގައި ދައުވާ ކުރަން ޕްރޮސިކުއަޓަ ޖެނަރަލްގެ އޮފީހަށް ފޮނުވަން ފުލުހުން މަސައްކަތް ކުރަމުން އަންނަ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އިމްރާން އެކަން ހާމަކުރައްވާފައިވަނީ، ރައީސް ނަޝީދަށް ދިން ހަމަލާ ގާތުން ބެލުމަށް އެމްޑީޕީ ގައުމީ މަޖިލީހުން ކަނޑައަޅާފައިވާ 6 މެއި ކޮމެޓީގެ ބޭފުޅުންނާއި ބައްދަލުކުރައްވައި އެކަމުގެ މަޝްވަރާތައް ކުރައްވަމުންނެވެ. 

އެ ކޮމެޓީން ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިލުފުށީ ދާއިރާގެ މެމްބަރު އަދި ކޮމެޓީގެ މުގައްރިރު ހަސަން އަފީފް ވިދާޅުވީ، ރައީސް ނަޝީދަށް ހަމަލާދެވުނު ރޭ ޔޫއެންއޯޑީސީގެ ދެ މާހިރުން ތިއްބެވި ކަމާއި، އެރެއިން ފެށިގެން އެބޭފުޅުން އެ ކޭސްގައި މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް މިނިސްޓަރު އިމްރާން ވިދާޅުވި ކަމަށެވެ. އަދި މިހާރު އެ ހަމަލާއާއި ގުޅިގެން ހައްޔަރުކޮށްފައިވާ ފަރާތްތަކަށް ދައުވާ ކުރުމަށް މިމަހުގެ 20 ވާ އަންގާރަ ދުވަހު ޕީޖީ އޮފީހަށް ފޮނުވުމަށް މަަސައްކަތް ކުރައްވަމުންދާ ކަމަށް މިނިސްޓަރު އިމްރާން ވިދާޅުވި ކަމަށް އަފީފް ވިދާޅުވިއެވެ. 

މޭ މަހުގެ ހަ ވަނަ ދުވަހު ރައީސް ނަޝީދު ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށް ނީލޯފަރު މަގުގައި ހުރި ސައިކަލެއް ގޮއްވާލައިންގެން ދިން ޓެރަރިޒަމްގެ ހަމަލާގައި އެމަނިކުފާނަށް ވަނީ ބޮޑެތި ޒަހަމްތަކެއް ލިބިފައެވެ. 

އެގޮތުން މި މައްސަލައާއި ގުޅިގެން ދެ މީހަކު މާލެއިން، އެކަކު ހުޅުމާލެއިން އަދި އެކަކު ބ. ދަރަވަންދޫއިން ހައްޔަރު ކޮށްފައިވެއެވެ. 

ދަރަވަންދޫއިން ހައްޔަރު ކޮށްފައިވަނީ، ލ. ގަން، ދުންފިނިއުފާ، އުމުރުން 23 އަހަރުގެ އަހްމަދު ފާތިހު އެވެ. އޭގެ ކުރިން މި މައްސަލައިގައި މާލެއިން ހައްޔަރު ކޮށްފައިވަނީ މއ. ފޭރުގެ އުމުރުން 21 އަހަރުގެ މުޖާޒު އަހުމަދު އަދި ގއ. ކޮނޑޭ، ފޮޅޭމާގެ އުމުރުން 32 އަހަރުގެ ތަހުމީން އަހުމަދެވެ. 

އަދި އެކަމުގައި އަމަލީ ގޮތުން އުޅުނު ކަމަށް ތުހުމަތުކުރެވޭ ވ. ތިނަދޫ، ހިޔާ، އުމުރުން 25 އަހަރުގެ އަދުހަމް އަހުމަދު ރަޝީދު ހައްޔަރުކޮށްފައިވަނީ ހުޅުމާލެއިންނެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް