ads
ބަންޑާރަ ނާއިބު އިބްރާހީމް ރިފްއަތު --
މަދަނީ އިޖުރާއަތުގެ ބިލަށް ހިޔާލު ހޯދަން ހުޅުވާލައިފި
ދިވެހިރާއްޖޭގެ މަދަނީ އިޖުރާއަތުގެ ބިލަށް ހިޔާލު ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން ހުޅުވާލައިފިއެވެ.
ދިވެހިރާއްޖޭގެ މަދަނީ އިޖުރާއަތުގެ ބިލަށް ހިޔާލު ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން ހުޅުވާލައިފިއެވެ.

މަދަނީ އިޖުރާއަތުގެ ބިލަކީ މަދަނީ ދައުވާތަކާއި ބެހޭ އުސޫލުތަކާއި ޝަރީއަތަށް މައްސަލަ ފޮނުވުމުގެ ކުރިން ހައްލު ކުރުމަށް އަމަލު ކުރާނެ އުސޫލަކާއި ޝަރީއަތަށް ހުށަހެޅޭ މައްސަލަތަކުގެ ޝަރީއަތް ހިންގުމުގެ އުސޫލާއި ހެއްކާއި ބެހޭ އުސޫލުތައް ބަޔާންކޮށްފައިވާ ބިލެކެވެ.

އޭޖީ އޮފީހުން ބުނީ އެ ބިލު އެކުލަވާލުމުގައި ވިސްނާފައި ވާނީ ހަމަމިއާއެކު ރާއްޖެއިން ބޭރުގެ ކޯޓުތަކުގައި ކޮށްފައިވާ ހުކުމްތައް ރާއްޖޭގައި ތަންފީޒު ކުރުމާއި ގުޅޭ އުސޫލުތަކާއ ހުކުމް ތަންފީޒު ކުރުމާއި ގުޅޭ އުސޫލުތަކާއި އިސްތިއުނާފު ކުރުމާއި ގުޅޭ އުސޫލުތަކުގެ އިތުރުން މަދަނީ އިޖުރާއަތާއި ގުޅޭ އާއްމު އުސޫލުތައް ބައިނަލްއަގުވާމީ ބެސްޓް ޕްރެކްޓިސްއަށާއި، ރާއްޖޭގައި އަމަލުކުރަމުންދާ އުސޫލުތަކަށް ކަމަށެވެ.

އޭޖީ އޮފީހުން ބުނީ އެ ބިލަށް ހިޔާލު ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް މިއަދުން ފެށިގެން އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް އެ ފުރުސަތު ހުޅުވާލައިފައިވާނެ ކަމަށެވެ.

މަދަނީ އިޖުރާއަތުގެ ބިލުގެ ދެލިކޮޕީ އެކުލަވާލައްވާފައިވަނީ، އދ.ގެ ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫ.އެން.ޑީ.ޕީ.) ގެ އެހީއާއެކު އޭޖީ އޮފީހުން އައްޔަންކޮށްފައިވާ ކޮންސަލްޓަންޓެއް ކަމަށްވާ، އިނގިރޭސިވިލާތުގެ ނޮދަމްބްރިއާ ޔުނިވާސިޓީގެ ލޯ ސްކޫލްގައި ސީނިއާ ލެކްޗަރައެއްގެ މަގާމު އަދާކުރައްވަމުންގެންދަވާ އިމެނުއަލް ގުއިންޝާޑު ކަމަށް އޭޖީ އޮފީހުން ބުނެއެވެ.

ބިލު އެކުލަވާލުމުގައި ވިސްނާފައިވާނީ، މަދަނީ ދަޢުވާތަކާބެހޭ އުސޫލުތަކާއި، ޝަރީޢަތަށް މައްސަލަ ފޮނުވުމުގެ ކުރިން މައްސަލަ ޙައްލުކުރުމުގައި ޢަމަލުކުރާނެ އުސޫލުތަކާއި، ޝަރީޢަތަށް ހުށަހެޅޭ މައްސަލަތަކުގެ ޝަރީޢަތް ހިންގުމުގެ އުސޫލުތަކާއި، ހެއްކާބެހޭ ބައެއް އުސޫލުތަކާއި، ރާއްޖެއިން ބޭރުގެ ކޯޓުތަކުގައި ކޮށްފައިވާ ޙުކުމްތައް ދިވެހިރާއްޖޭގައި ތަންފީޛުކުރުމާގުޅޭ އުސޫލުތަކާއި، ޙުކުމް ތަންފީޛުކުރުމާގުޅޭ އުސޫލުތަކާއި، އިސްތިއުނާފުކުރުމާގުޅޭ އުސޫލުތަކާއި، އެނޫންވެސް މަދަނީ އިޖުރާއަތާގުޅޭ ޢާންމު އުސޫލުތައް، ބައިނަލްއަޤްވާމީ ބެސްޓް ޕްރެކްޓިސްއަށާއި، ދިވެހިރާއްޖޭގައި ޢަމަލުކުރަމުންދާ އުސޫލުތަކަށްވެސް ރިޢާޔަތްކުރުމާއެކު ހިމެނުމަށެވެ.

މަދަނީ އިޖުރާއަތުގެ ބިލަށް ޚިޔާލު ހުށަހަޅުއްވަން އެދިވަޑައިގަންނަވާ ފަރާތްތަކަށް، 15 އޮކްޓޯބަރު 2019 ވާ އަންގާރަ ދުވަހުގެ ނިޔަލަށް އެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.

މަދަނީ އިޖުރާއަތުގެ ބިލަކީ ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ނިންމާފައިވާ ބިލްތަކުގެ ތެރޭގައި ހިމެނޭ ބިލެކެވެ. ރައްޔިތުން މަޖިލީހުގެ މި ދައުރުގެ ތެރޭގައި ސަރުކާރުގެ ފަރާތުން 34 ބިލެއް މަޖިލީހަށް ހުށަހަޅާނެއެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް