ads
ޑެލިވެރީ ކުންފުނީގެ އުޅަނދެއް
ފެޑްއެކްސް އިން ޑެލިވެރީއަށް 100 މިލިއަން ޑޮލަރު އިންވެސްޓުކުރަނީ
ފެޑްއެކްސުން އިންޑިޔާގެ ލޮޖިސްޓިކްސް ގެ މައި ކުންފުންޏެއްކަމުގައިވާ ޑެލިވަރީއަށް 100 މިލިއަން ޑޮލަރު އިންވެސްޓުކުރަން ނިންމައިފިއެވެ.

ފެޑްއެކްސުން މިކަން ކުރަން ނިންމާފައިވަނީ އިންޑިޔާގެ އިންޓަނޭޝަނަލް ޓްރޭޑް އިތުރަށް ފުޅާކުރުމުގެ މަގުސަދުގައެވެ. ފެޑްއެކްސުން ބުނީ ދެ ކުންފުނިންވެސް ދިގު މުއްދަތެއްގެ ކޮމާޝަލް އެއްބަސްވުމަކަށް ދާން ނިންމާފައިވާކަމުގައެވެ.

ފެޑްއެކްސުން ފާހަގަ ކުރާގޮތުގައި މިކަން ކުރުމުގެ ސަބަބުން އިންޑިޔާއަށް ވިޔަފާރި ފުޅާކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވިގެންދާނެއެވެ. މީގެ އިތުރުން އުފެއްދުންތައް އިތުރަށް ފުރިހަމަކުރުމުގެ ފުރުސަތު އެ ކުންފުނިތަކަށްވެސް ހުޅުވާލެވިގެންދާނެކަމަށް ފެޑްއެކްސުން ފާހަގަކުރިއެވެ.

ދެފަރާތުގެ މެދުގައިވެވިފައިވާ މި އެއްބަސް ވުމުގެ ސަބަބުން ފެޑްއެކްސް އެކްސްޕުރެސުން އިންޑިޔާގެ އެކްސްޕޯޓާއި އިމްޕޯޓު ވިޔަފާރިތައް ފުޅާކޮށް ހަރުދަނާ ކުރަން މަސައްކަތް ކުރާނެއެވެ. މީގެ އިތުރުން ޑެލިވަރީން ފެޑްއެކްސް އެކްސްޕުރެސްގެ އިންޓަނޭޝަނަލް އުފެއްދުންތަކާއި ހިދުމަތްތައް  އިންޑިޔާގައި ފޯރުކޮށްދިނުމުގެ އިތުރުން އިންޑިޔާގެ ކޮންމެ ހިސާބަކުން އެއްޗެހި ޕިކްއަޕްކޮށް ޑެލިވަރީ ކޮށްދޭނެކަމަށް މައުލޫމާތުލިބެއެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް