ads
ބިދޭސީން މަސައްކަތް ކުރަނީ
ވޭތުވި 8 އަހަރުތެރޭ 270000 ބިދޭސީން ވޯކްވިސާގައި އެތެރެވެފައިވޭ
ވޭތުވެދިޔަ އަށްއަހަރު ތެރޭ ވޯކް ވިސާގެ ދަށުން 270000 އަށް ވުރެން ގިނަ މީހުން ރާއްޖެ އެތެރެ ވެފައިވާކަމަށް އިކޮނޮމިކް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އެ ހިސާބުތަކުން ދައްކާގޮތުގައި ވޯކް ވިސާ އާއި އެކު ރާއްޖެ އެންމެ ގިނައިން އެތެރެ ވެފައިވަނީ ބަންގުލަދޭޝް މީހުންނެވެ. މިދިޔަ އަށް އަހަރުތެރޭ 123842 މީހުން ރާއްޖެ އެތެރެވެފައިވެއެވެ. ދެން އެންމެ ގިނަ މީހުން އައިސްފައިވަނީ އިންޑިޔާއިންނެވެ. އެއީ 57387 މީހުންނެވެ. ތިންވަނަ އަށް އެންމެ ގިނަ މީހުން އައިސްފައިވަނީ ސްރީލަންކާއިންނެވެ. އެއީ 34561 މީހުންނެވެ. 

ވޭތުވި އަށް އަހަރުގެ ތެރެއިން، ވޯކް ވިސާ އާއެކު އެންމެ ގިނަ މީހުން ރާއްޖެ އެތެރެވެފައިވަނީ 2018 ވަނަ އަހަރުއެވެ. 2018 ވަނަ އަހަރު އެކަނިވެސް 51185 މީހުން އެތެރެވެފައިވާއިރު ދެވަނައަށް އެންމެގިނައި އެތެރެ ވެފައިވަނީ 2016 ވަނަ އަހަރުއެވެ. އެ އަހަރު 42161 މީހުން ރާއްޖެ އެތެރެވެފައިވެއެވެ. ކޮވިޑާ އެކު ރާއްޖެ ބަންދު ކުރުމާއި ގުޅިގެން 2020 ވަނަ އަހަރު ވޯކްޕާމިޓްގެ ދަށުން ރާއްޖެ އެތެރެވި މީހުންގެ އަދަދު ދަށްވިއެވެ. އެއަހަރު 9675 މީހުން އައިސްފައިވާ އިރު 2021 ވަނަ އަހަރު 6973 މީހުން ރާއްޖެ އެތެރެވިއެވެ.

2019 ވަނަ އަހަރު 35833 މީހުންގެ ވޯކް ވިސާ ކެންސަލް ކޮށްފައިވާ އިރު 2020 ވަަނަ އަހަރު 28176 މީހުންގެ ވިސާ ކެންސަލް ކުރެވިފައިވެއެވެ. މީގެ އިތުރުން 2021 ވަނަ އަހަރު 13181 މީހުންގެ ވިސާ ކެންސަލް ކުރެވިފައިވެއެވެ.

2019 ވަނަ އެންމެ ގިނަ މީހުން އައިސްފައިވަނީ ބަންގުލަދޭޝުންނެވެ. ބަންގުލަދޭޝުން 12111 މީހުންއައިސްފައިވާ އިރު އިންޑިޔާއިން އައިސްފަވަނީ 10710 މީހުންނެވެ. ދެން އެންމެ ގިނަ މީހުން އައީ 6004 މީހުން އައިސްފައިވާ ސްރީލަންކާއިންނެވެ. 

2020 ވަނަ އެންމެ ގިނަ މީހުން ވޯކް ވިސާ އާއި އެކު އައިސްފައިވަނީ އިންޑިޔާ، ސްރީލަންކާ އަދި ޗައިނާއިންނެވެ. އެގޮތުން އިންޑިޔާއިން 4844 މީހުން އައިއިރު ސްރީލަންކާއިން 1528 މީހުން އައިސްފައިވެއެވެ. ޗައިނާއިން އައީ 556 މީހުންނެވެ.

2021 ވަނަ އަހަރު އިންޑިޔާއިން 3356 މީހުން އައިސްފައިވާ އިރު ސްރީލަންކާއިން އައިސްފައިވަނީ 954 މީހުންނެވެ. އަދި ނޭޕާލްއިން 475 މީހުން އައިސްފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް