ads
ސުރޭޚާ ސިކްރީ
ބޮލީވުޑްގެ އެކްޓްރެސް ސުރޭޚާ ސިކްރީ މަރުވެއްޖެ
ބޮލީވުޑްގެ މޮޅު އެކްޓްރެސް ސުރޭޚާ ސިކްރީ މަރު ވެއްޖެއެވެ.

ސުރޭޚާ މަރުވެފައިވަނީ ހުކުރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ކާޑިއެކް އެރެސްޓެއްގަ އެވެ. ތިން ފަހަރަށް ނެޝަނަލް އެވޯޑް ހާސިލްކޮށްފައިވާ ސުރޭހާ މަރުވިއިރު،  އުމުރަކީ 75 އަހަރެވެ.

ސުރޭޚާގެ މެނޭޖަރު އިންޑިއާގެ ނޫސްތަކަށް ބުނެފައިވަނީ ސުރޭޚާއަށް މީގެ ކުރިން ދެ ސްޓްރޯކް، 2018 އަދި 2020 ވަނަ އަހަރު ޖެހިފައިވާކަމަށެވެ. އަދި  ދެވަނަ ސްޓްރޯކަށް ފަހު ސުރޭޚާ އަށް ސިއްހީ ގިނަ މައްސަލަތަކެއް ދިމާވިކަމަށެވެ. 

ސްރޭޚާ މަރުވިއިރު، އޭނާ ދިރިއުޅެމުން ދިޔައީ ޢާއިލާ އާ އެކުގައެވެ. ސުރޭޚާގެ އާއިލާއިން ވަނީ މިވަގުތު މީޑިއާ އަށް ވަކިއެއްޗެއް ބުނަން ބޭނުން ނުވާކަމަށް ބުނެފައެވެ. 

your imageސުރޭޚާ ސިކްރީ

ސަޕޯޓިން ރޯލުން ތިން ފަހަރަށް ނެޝަނަލް އެވޯޑް ހޯދާފައިވާ ސުރޭޚާގެ ފިލްމީ ކެރިއަރު ފެށިގެން ގޮސްފައިވަނީ 1978 ވަނަ އަހަރު ޕޮލިޓިކަލް ޑްރާމާ ފިލްމް "ކިސްސާ ކުރްސީ ކާ" އިންނެވެ. ސުރޭޚާ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ ނެޓްފްލިކްސް އެންތޮލޮގީ "ގޯސްޓް ސްޓޯރީސް 2020" އިންނެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް