ads
ސައުދީ ފިހާރައެއް--
ނަމާދު ވަގުތުތަކުގައި ފިހާރަތައް ހުޅުވާފައި ބެހެއްޓޭގޮތަށް ސައުދީން ނިންމައިފި
ނަމާދު ވަގުތުތަކުގައި ވެސް ފިހާރަތައް ހުޅުވާފައި ބަހައްޓައިގެން ހިދުމަތް ދެވޭ ގޮތަށް ސައުދީ ސަރުކާރުން ނިންމައިފިއެވެ.

ސައުދީން މީގެ ކުރިން އައީ ނަމާދު ވަގުތުތައް ފިހާރަތަކާއި ހުރިހާ ވިޔަފާރިތައް ބަންދުކުރަމުންނެވެ. އެގޮތުން މީގެ އެތައް އަހަރެއް ކުރިން ފަށައިގެން ކޮންމެ ނަމާދަކަށް ވެސް ބަންގި ގޮވުމާއެކު 30 މިނެޓަށް ސައުދީގެ ފިހާރަތަކާއި ވިޔަފާރިތައް ބަންދުކުރުމަކީ ލާޒިމްކަމެކެވެ.

ސައުދީގެ ސަރުކާރު ހިއްސާވާ ނޫހަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މި ބަދަލަކީ ސައުދީގެ އިޖުތިމާއީ އަދި އިކޮނޮމިކް ދާއިރާތައް ރީފޯމްކޮށް ޒަމާނާ އެއްގޮތް ބަދަލުތަކެއް ގެނައުމަށް ނިންމާފައިވާ ނިންމުމެކެވެ.

ސައުދީ އިދާރާތަކުން ވިޔަފާރިތަކަށް ހިއްސާކޮށްފައިވާ ސާކިއުލާއެއްގައި ބުނެފައިވާ ގޮތުގައި ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކާއެކު، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ހުރިހާ ވަގުތެއްގައި ވެސް ފިހާރަތައް ހުޅުވަން ވަނީ ނިންމާފައެވެ. އަދި މިކަމުގެ ސަބަބުން ފިހާރަތައް ކައިރީގައި ތޮށްޖެހުން ކުޑަވާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

ސައުދީ އަރަބިއާގެ މިހާރުގެ ސަރުކާރުން އަންނަނީ ސައުދީގައި "މެދު މިނުގެ" އިސްލާމް ދީން ގާއިމް ކުރުމަށް ކަމަށް ބުނެ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ކުރިން އަމަލު ކުރަމުން އައި ބައެއް ކަންކަން ވަނީ މިފަހުން ދޫކޮށްލާފައެވެ. އޭގެ ތެރެއިން އަންހެނުން ކާރު ދުއްވަން ހުއްދަ ދިނުމާއި ސިނަމާތަކާއި ކޮންސެޓުތައް ބޭއްވުމަށް ހުއްދަދިނުން ހިމެނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް