ads
ރައީސް ނަޝީދު
ރައީސް ނަޝީދުގެ އުދާސްތައް ބޭރުކޮށްލައިފި، ހުރިހާ ނުރުހުމެއް އަދާލަތު ޕާޓީއަށް
ވެރިކަން ހިންގާ މައިނޯރިޓީ ޕާޓީއަކުން ސަރުކާރު ކޮންޓްރޯލް ކުރާ ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެމަނިކުފާނުގެ އުދާސްތައް ބޭރުކޮށްލައިފިއެވެ.

ރައީސް ނަޝީދު މިއަދު ނެރުއްވި ސްޓޭޓްމެންޓެއްގައި ބުނީ 2018 ވަނަ އަހަރު އެމްޑީޕީން ރިޔާސީ އިންތިހާބު ކާމިޔާބުކުރީ ބޮޑު ތަފާތަކުން ކަމަށާއި އެމްޑީޕީއަށް ވޯޓު ދިން މީހުން ވޯޓު ދިނީ އެމްޑީޕީގެ ފިކުރާ އަސާސްތަކާއި އެމްޑީޕީން މިނިވަންކަމަށާއި ހަމަހަމަކަމާއި ރާއްޖޭގެ ތާރީހާ ސަގާފަތަށް ކުރާ ލޯބީގެ ސަބަބުން ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ވެރިކަން ހޯދީ ކޯލިޝަނަކުން ކަމަށާއި ނަމަވެސް ކޯލިޝަންގެ އެންމެ މައިނޯރިޓީ ޕާޓީއަކުން ސަރުކާރު ކޮންޓްރޯލް ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވައި، ރައީސް ސޯލިހުގެ ހުރިހާ ނިންމެވުމަކަށް އަދާލަތުން ނުފޫޒު ފޯރުވަން ފުރުސަތު ދިނުމަކީ ޑިމޮކްރަސީގެ އަސާސްތައް މުގުރާލުން ފަދަ ކަމެއް ކަމަށެވެ.

ދިވެހިންނަކީ އަބަދުވެސް ބަދަލު ވަމުން އަންނަ ބައެއް ކަމަށާއި އެގޮތުން މިނިވަން ކަމާއެކު ހިޔާލު ފާޅުކުރުމާއި މިއުޒިކް އަޑު އެހުމާއި ތާރީހާއި ސަގާފަތާއި މުއްސަނދިކަން ހޯދުމަށް ދިވެހިން ލޯބިކުރާކަން ފާހަގަކޮށް ރައީސް ނަޝީދު ވިދާޅުވީ ދިވެހިން އުޅެނީ ވެސް މެދުމިނުގެ އިސްލާމް ދީނަކަށް ކަމަށެވެ. 

އެމަނިކުފާނު ވިދާޅުވީ ދިވެހިން ވޯޓު ދިނީ ވެސް މިފަދަ ފިކުރުތަކަށް ތާއީދު ކުރާ ވެރިޔަކަަށް ކަމަށާއި އެއްވެސް ހާލެއްގައި، ދިވެހިން ލޯބިކުރާ ކަންކަމުން މަހުރޫމް ކުރާ ދީނީ ހަރުކަށި ފިކުރުގެ ވެރިއަކަށް ދިވެހިން ތާއީދުނުކުރާނެ ކަމަށެވެ.

ރައީސް ނަޝިދު ވިދާޅުވީ އެމްޑީޕީގެ ލީޑާޝިޕު ހަމައެކަނި ގޮތްދޫކުރުމުގެ އުސޫލުގެ މަތީ ތިބެގެން ނުވާނެކަމަށާއި އޭގެ ބަދަލުގައި އެމްޑީޕީން ގަބޫލްކުރާ އެންމެ އަސާސީ ސިފަތައް ތަންފީޒުކުރުމުގެ ހިތްވަރު އެމްޑީޕީގެ ލީޑާޝިޕްގެ ތެރޭ އޮންނަން ވާނެކަމަށެވެ.

ރާއްޖޭގައި އެންމެ ފަހުން މީހަކު މަރާލަން ރާވާ ޓެރަރިސްޓު ހަމަލާއެއް ދިނީ ރައީސް ނަޝީދަށް ކަން ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ ހަރުކަށި ފިކުރުގެ މީހުން ކާފަރުކޮށް، މުރުތައްދުވެފައިވާ ކަމަށް ބުނުމަށް ފަހު އެ މީހަކު އެއީ ކާފިރެއްކަމުގައި ކަނޑައަޅާ ދެން އޮންނަނީ ފަތުވާއަކަށް ފަހު އޭނާ އަށް މަރުގެ އަދަބެއް ދިނުން އޮންނަ ކަމަށެވެ. އަދި މި އަދަބު ތަންފީޒުކުރަނީ ހަރުކަށި ޖިހާދީ ފިކުރުގެ މީހުން ކަމަށެވެ. އަދި ޑރ. އަފްރާޝިމްގެ މަރާއި، ރިލްވާނާއި، ޔާމީން ރަޝީދުގެ މަރު ހިމެނޭހެން ރާއްޖޭގައި މިހާތަނަށް ހިނގާފައިވާ ގިނަ މަރުތައް ވެސް ހިނގީ މިހެން ކަން ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.

15%
ކަމުގޮސްފި
8%
އަޑުއެހިތާ މިހުރީ
69%
ސަތޭކައަކުން ސުމެއް
8%
ވަރަށް ސަލާމް
ކޮމެންޓްސް