ads
ބްލެކް އެޑަމްގެ ޕޯސްޓަރެއް
ޑުވައިން ޖޯންސަން "ބްލެކް އެޑަމް" ގެ ސޫޓިން ނިންމާލައިފި
ޑުވައިން ޖޯންސަން އޭނާގެ އެންމެ ފަހުގެ ފިލްމު "ބްލެކް އެޑަމް"ގެ ސޫޓިން ނިންމާލައިފިއެވެ

ޑީސީ ކޮމިކްސްގެ އެންޓި ހީރޯ އެއްކަމުގައިވާ "ބްލެކް އެޑަމް" އަށް ބިނާ ކޮށް ހަދާ މި ފިލްމު ޕްރޮޑިއުސް ކުރަނީ ޑުވައިން ޖޯންސަންގެ އިތުރުން ޑެނީ ގްރާސިއާ ގެ އިތުރުން ބޯ ފްލީނެވެ.

ފިލްމުގެ ސޫޓިން ނިންމާލުމަށް ފަހު ޑުވައިން އިންސްޓާގުރާމަށް ދޫކޮށްލި ފޮޓޯއާ އެކު އޭނާ ލިޔެފައިވާ ގޮތުގައި މިއީ އޭނާގެ މުޅި ފިލްމު ކެރިއާގައިވެސް ސިކުނޑިއަށް އަދި ހަށިގަނޑަށް އެންމެ ބޮޑު ބަދަލެއް ގެންނައި ފިލްމު އެވެ.

އޭނާ ވަނީ އެ ފިލްމުގެ ކުރޫއިންނަށް ވަރަށް ބޮޑަށް ސުކުރު އަދާކޮށްފައިއެވެ.

މި ފިލްމުގައި ޑުވައިންގެ އިތުރުން އަލްދެސް ހޮޖް އަދި ނޮއަހް ސެންޓީނޯ ފެނިގެންދާނެ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް