ދިއްދޫ ގޮނޑުދޮށް މަޝްރޫއު އާޒިމް ބައްލަވާލެއްވުން--
ދިއްދޫ: ބަނދަރު ބޮޑުކޮށް، ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ކުރިއަށް ދަނީ
Share
ހއ.ދިއަދޫ ގޮނޑުދޮށް ހިމާޔަތްކުރުމާއި، ބަނދަރު ބޮޑުކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް ދާކަމަށް އެމްޓީސީން ބުނެފިއެވެ. އަދި މިމަސައްކަތް ހިނގާނުހިނގާގޮތް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ބައްލަވާލައްވައިފިއެވެ.
Advertisement

އެމްޓީސީސީން ބުނީ މި މަޝްރޫއުގެ 59 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށެވެ.

ޖިއޯ، ބޭގްސް ޖަހައިގެން ދިއްދޫ ގިރާ ސަރަހައްދުން 310 މީޓަރުގެ ގޮނޑުދޮށް ހިމާޔަތްކުރެވޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

ދިއްދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 180 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. އެގޮތުން 10 މިލިއަން ރުފިޔާގެ އެ މަޝްރޫއަކީ ޑިޒައިނިން އެންޑް ބިލްޑް އުސޫލުން ހަވާލުކުރެވުނު މަޝްރޫއެކެވެ.

މީގެ އިތުރުން ދިއްދޫ ބަނދަރު ބޮޑުކުރުމުގެ މަޝްރޫ ހިނގަމުން އަންނަ ގޮތް ވެސް އާޒިމް ވަނީ ބައްލަވާލައްވާފައެވެ. 

މަޝްރޫއުގެ ދަށުން 78،000 ކިއުބިކް މީޓަރުގެ ސަރަހައްދެއް ބޮޑުކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު މީގެ އިތުރުން ވެސް 616 މީޓަރުގެ ބްރޭކް ވޯޓަ އެއް ލުމާއި، 185 މީޓަރުގެ ރިވެޓްމެންޓަކާއި، 326 މީޓަރުގެ ކުއޭ ވޯލްއަކާއި 4320 ސްކޮޔާ މީޓަރުގެ ޕޭމެންޓެއް އަދި، ބަނދަރު ބައްތިޖެހުން މި މަޝްރޫގެ ދަށުން ކުރުމަށް ވަނީ ހަމަޖެހިފައެވެ. މިމަސައްކަތްތަކުގެ ޖުމްލަ 20 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް އެމްޓީސީސީން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް