ads
އިންޑިގޯގެ ފްލައިޓް
އިންޑިގޯއިން ޓިކެޓް އަގުހެޔޮ ކުރަނީ
އިންޑިގޯއިން ޓިކެޓްގެ އަގުތައް ކުޑަކުރާނެ ކަމަށް ބުނެފިއެވެ.

އިންޑިގޯއިން ބުނީ ކުރިޔަށް އޮތް ތަނުގައި 100 އިންސައްތަ ފަސެންޖަރުންނާއެކު އުދުހުންތައް ކުރިޔަށް ގެންދާނެ ކަމަށާއި އަދި އެ އެއާލައިނުން 2019 ވަނަ އަހަރުގައި އޮތް ހާލަތަށް އެނބުރި އަންނާނެ ކަމަށެވެ.

މީގެއިތުރުން އިންޑިގޯއިން ވަނީ އެ އެއާލައިންގެ އުދުހުންތަކުން ފުރާ މީހުންގެ އަދަދު 80 އިންސައްތަ އިތުރު ކުރާނެ ކަމަށް ބުނެފައެވެ.

ދަތުރުކުރާ މީހުންގެ އިންސައްތަ މަދުވިކަމުގައި ވިޔަސް އިންޑިގޯގެ އުދުހުންތައް ޑިލޭ ނުކޮށް ކުރިޔަށް ގެންގޮސްފައިވާ ކަމަށް އެ ކުންފުނީގެ ޗީފް ކޮމާޝަލް އޮފިސަރު ވިލިއަމް ބޮލްޓާ ވިދާޅުވިއެވެ.

ކޮވިޑާ ގުޅިގެން އައި އާލަމީ ވަބާއާ ގުޅިގެން ބައެއް އެއާލައިންތަކުން ދަތުރުކުރާ ފަރާތްތައް މަދުވެ ފްލައިޓްތަކަށް ފިއުލް އެޅުމުގައި ވެސް ތާށިތަކެއްވިކަން ފާހަގަ ކުރެވެއެވެ.

2005 ވަނަ އަހަރު އުދުހުމަށް ނުކުތް އެއާލައިން، އިންޑިގޯ އިން ބުނީ ބައެއް އެއާލައިން ކުންފުނިތަކުން ދަތުރުކުރަމުން ވަކި ހިސާބަކަށް ގޮސް ކުންފުނި ހުއްޓާލާ ކަމަށާއި އިންޑިގޯއިން އެގޮތަށް ކަންތައް ނުކުރާނެ ކަމަށެވެ.

އިންޑިގޯއަކީ އިންޑިއާގެ އެއާލައިން އޮޕަރޭޓް ކުރާ ކުންފުންޏެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް