ads
އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން
ފުލުހުންގެ 48 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓެއް އިންޑިއާގެ ކުންފުޏަކަށް
ފުލުހުންގެ މުއައްސަސާއަށް ބޭނުންވާ އުމްރާނީ ތަރައްގީގެ ގިނަ ޕްރޮޖެކްޓްތަކެއް ހިންގުމަށް 48 މިލިއަން ޑޮލަރަށް އިންޑިއާގެ ކުންފުންޏެއް ކަމަށްވާ އޭބީއެލް އިންދިރާ ޕްރޮޖެކްޓްސް ޖޭވީއާ ހަވާލުކޮށްފި އެވެ.

ބިޑްކުރުމަކާ ނުލައި ޕްރޮޕޯސަލް ހުށަހެޅުމުގެ އުސޫލުން ކުރިއަށް ގެންދިޔަ އެ މަޝްރޫއަށް ފައިނޭންސް ކުރަނީ އިންޑިއަން އެގްޒިމް ބޭންކާއި ދިވެހި ސަރުކާރާއެކު ވެވޭ ލޯން އެއްބަސްވުމެއްގެ ދަށުން ކަމަށާއި އެ މަޝްރޫއުގެ 85 އިންސައްތަ، އެގްޒިމް ބޭނުންކުން ފައިނޭންސް ކުރާގޮތަށެވެ. ބާކީ 15 އިންސައްތަ ހަމަޖައްސާނީ ދިވެހި ސަރުކާރުންކަމަށް ފުލުހުން ބުނެ އެވެ.

މިއަދު ސޮއި ކުރި އެއްބަސްވުމުގެ ދަށުން 61 ޕޮލިސް ފެސިލިޓީ އާއި އިމާރާތް ބިނާ ކުރާނެއެވެ. އޭގެ ތެރޭގައި، ކ. ދޫނިދޫގައި އިމާރާތްކުރާ ކަސްޓޯޑިއަލް ފެސިލިޓީ އާއި މިހާރު ވެސް ބޭނުންކުރަމުންދާ ދެ އިމާރާތެއް އުމްރާނީގޮތުން އިތުރަށް ތަރައްގީ ކުރާނެ އެވެ. އަދި އަތޮޅު ތެރޭގެ 23 ރަށެއްގައި ޕޮލިސް ސްޓޭޝަނާއި 21 ޕޮލިސް ޕޯސްޓްގެ އިތުރުން އަށް އަތޮޅު ޕޮލިސް ސްޓޭޝަނާއި، މާލޭގައި އިމާރާތްކުރާ ޕޮލިސް ސްޓޭޝަނަކާއި، ހުޅުމާލެ ފޭސް ދޭއް ގައި އިމާރާތްކުރާ ޕޮލިސް ސްޓޭޝަނަކާއި ހަތަރު އެކޮމޮޑޭޝަން އިމާރާތް ކުރުން ވެސް އެ މަޝްރޫއުތަކުގެ ތެރޭގައި ހިމެނެ އެވެ.

ދެ އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަން ހަމަޖެހިފައިވާ އެ މަޝްރޫއު ހިންގުމަށް ދާ ހަރަދާ ގުޅޭގޮތުން ފުލުހުން ކުރިއަށް ގެންދިޔަ އެސެސްމަންޓަށް ބަލާއިރު، މިހާތަނަށް ކުރިއަށް ގެންގޮސްފައިވާ ޕީއެސްއައިޕީގެ ދަށުން ހިންގާފައިވާ އިންފްރާސްޓްރަކްޗަ މަޝްރޫއުތަކަށްވުރެ އެ މަޝްރޫއުއަށް ކުރަނެޖެހޭ ހަރަދު ނިސްބަތުން ކުޑަކަމަށް އެއިދާރާއިން ބުނެއެވެ. 

އެ ޕްރޮޖެކްޓްތަކުގެ ސަބަބުން ފުލުހުންގެ މަރުކަޒުތައް ތަފާތު ސަރަހައްދުތަކުގައި ގާއިމުކޮށް، ލާމަރުކަޒީ އުސޫލުން ރައްޔިތުން ބޭނުންވާ ފަދަ ޒަމާނީ ޑިމޮކްރަޓިކް ހިދުމަތެއް ދިނުމުގެ މަގު ތަނަވަސް ވެގެން ދާނެކަމަށް ފުލުހުން ބުނެއެވެ. އަދި ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް މީހުން ބަންދުކުރެވޭނެ ވަސީލަތްތައް ގާއިމުވެ، އަސާސީ ގޮތުން ފުލުހުންގެ މަރުކަޒުތަކުގައި ހުންނަންޖެހޭ ކަންކަން ފުރިހަމަވެގެން ދާނެކަމަށްވެސް ފުލުހުން ބުނެއެވެ.

އެއްބަސްވުމުގައި ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން ސޮއި ކުރެއްވީ ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު އެވެ. އޭބީއެލް އިންދިރާ ޕްރޮޖެކްޓްސް ޖޭވީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ފައުންޑަ އަދި ޗެއަމަން މރ. ބުޕޭޝް ނާގަރާޖަން އެވެ.

އެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއި ކުރުމަށް މިއަދު އިސްކަންދަރު ބިލްޑިންގައި ބޭއްވި ރަސްމިއްޔާތުގައި ސީޕީ ހަމީދު ވިދާޅުވީ، އެ ޕްރޮޖެކްޓަކީ ދިވެހި ފުލުހުންގެ ހިދުމަތުގެ އުމްރާނީ ތަރައްގީއަށް މިހާތަނަށް ހިންގޭ އެންމެ ބޮޑު މަޝްރޫއުކަމަށެވެ. 

އިންދިރާ ޕްރޮޖެކްޓްސް އެންޑް ޑިވެލޮޕްމަންޓްސްގެ ފައުންޑަ އަދި ޗެއަމަން މރ. ބުޕޭޝް ވިދާޅުވީ، އެ އެއްބަސްވުމުގެ ދަށުން ކުރިއަށް ގެންދާ ޕްރޮޖެކްޓްތައް ދިވެހި ސަރުކާރުން ބޭނުންވާ ފެންވަރުގައި ކަނޑައެޅޭ ތަރީހުތަކަށް ނިންމައި ހަވާލުކުރާނެކަމުގެ ޔަގީންކަން އަރުވާކަމަށެވެ.

އެއްބަސްވުމުގައި ސޮއި ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރުއާއި ފުލުހުންގެ ހިދުމަތުގެ އިސް ބައެއް އޮފިސަރުންނާއި އިންޑިއަން ހައި ކޮމިޝަންގެ ބައެއް އޮފިޝަލުންވެސް ބައިވެރިވެލެއްވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް