ads
ފުލުހުން ފޮޓޯ: ސޯޝަލްމީޑިއާ
ބަންދުތެރޭ ކުށްމަދުކުރަން ހާއްސަ މަސައްކަތްތަކެއް ކުރާނަން: ފުލުހުން
ބަންދު ތެރޭ މާލެ އާއި ރަށްރަށުގައި ކުށްކުރުން އިތުރު ވެދާނެ ކަމަށް ބަލައި ކުށްމަދު ކުރުމަށް ހާއްސަ މަސައްކަތްތަކެއް ކުރަމުންދާ ކަމުގައި ފުހުންގެ އިދާރާއިން ބުނެފިއެވެ

ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް ރަހުމާ ސައީދު ވިދާޅުވީ އާންމު ގޮތެއްގައި ހިންގާ ކުށުގެ ބާވަތްތަކާއި ކުށްތައް ހިނގާ ސަރަހައްދުތަކާ އަދި ވަގުތުތަކަށް ހާއްސަ ސަމާލުކަމެއް ދީ، ކުށް މަދު ކުރަން ފުލުހުން މަގުމަތީގައި ހަރަކާތްތެރިވަމުންދާނެ ކަމަށާއި ގޯތިގެދޮރާއި ފިހާރަތަކާއި ކެފޭ ރެސްޓޯރަންޓުތަކުގެ އިތުރުން އޮފީސް ތަކުން ވެސް ވައްކަން ކުރަމުންދާތީ ދަންވަރުގެ ވަގުތުތަކުގައި ވެސް ފުލުހުން ހަރަކާތްތެރިވާނެ ކަމަށެވެ.

ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ފަސީހު ވިދާޅުވީ ކުށް މަދުކުރަން ރަށްރަށުގައި ވެސް ފުލުހުން ހަރަކާތްތެރި ވާނެ ކަމަށެވެ. އަދި ރައްޔިތުން ހޭލުންތެރި ކުރުވަން މައުލޫމާތު ދިނުމުގެ މަސައްކަތްވެސް ކުރާނެ ކަމަށެވެ.

ބަންދުތެރޭގައި ދަތުރުފަތުރު ކުރުން އިތުރުވާނެތީ ކަނޑުމަތީގައި މެރިން ޕޮލިސް ހަރާކާތްތެރިވާ މިންވަރު އިތުރުވާނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް