ads
ކުއްޖާ ފެނުނު ސަރަހައްދު ބަންދުކޮށްފައި-- ފޮޓޯ:ސީއެންއެމް
ކުއްޖާގެ ޕޯސްމޯޓަމްރިޕޯޓު ލިބިއްޖެ، ތަހުގީގު ކުރިއަށްދަނީ: ފުލުހުން
ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ފަޅުތެރެއަށް މަރާލައި އެއްލާލާފައި އޮއްވައި ފެނުނު 13 އަހަރުގެ ކުޑަ ކުއްޖާގެ ޕޯސްޓްމޯޓަމް ރިޕޯޓް ލިބިއްޖެކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފިއެވެ.

ޕޯސްޓްމޯޓަމް ހެދުމަށް އެކުއްޖާގެ ހަށިގަނޑު އިންޑިއާގެ، ޓްރިވެންޑްރަމަށް ގެންދިޔައީ ޖުލައި މަހުގެ ފަސްވަނަ ދުވަހުއެވެ. 

އަދި ޕޯސްޓްމޯޓަމް ހެދުމަށްފަހު އެކުއްޖާގެ ހަށިގަނޑު ރާއްޖެ ގެނެސްފައިވަނީ މިމަހުގެ 12 ވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައިއެވެ.

ކުއްޖާގެ ޕޯސްޓްމޯޓަމް ރިޕޯޓް ފުލުހުންނަށް ލިބިފައިވާއިރު، ފުލުހުން ވަނީ އެ ރިޕޯޓާއިއެކު ތަހުގީގު ކުރިއަށް ގެންދާކަމަށް ބުނެފައެވެ.

އަދި ކަނޑައަަޅާފައިވާ މުއްދަތުގެ ތެރޭގައި މައްސަލަ ޕީޖީ އޮފީހަށް ފޮނުވުމަށްޓަކައި ތަހުގީގު ފުރިހަމަ ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުން ގެންދާކަމަށްވެސް ފުލުހުން މައުލުމާތުދެއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މީހުން ވަނުން މަނާ ސަރަހައްދުގައި މަރާލުމަށްފަހު ފޮއްޓަކަށްލާ އެއްލާލާފައި އޮއްވާ ކުއްޖާ ފެނުނުއިރު، އެކުއްޖާގެ ގައިގެ ބައެއް ތަންތަނުގައި ލޭ ގަނޑުވެފައި ހުއްޓެވެ.

އަދި ހަށިގަނޑަށް އެކި ވަރުގެ ޒަހަމްތައް ލިބިފައިވާކަމުގެ ނިޝާންތަކެއް ފެނިފައިވާއިރު، މައުލޫމާތު ލިބުނުގޮތުން ކުއްޖާވަނީ ރޭޕްވެސް ކޮށްފައެވެ.

މި މައްސަލަ އާއި ގުޅިގެން 27 އަހަރުގެ ފިރިހެނަކާއި 17 އަހަރުގެ ކުޑަ ފިރިހެން ކުއްޖެއް ހައްޔަރުކޮށްފައިވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް