ads
ލޯކަލް މާރުކޭޓު
ރާއްޖެއަށް ބޭނުންވާ ޒަރޫރީ ބާވަތްތަކުގެ ކޯޓާ އިތުރުކުރުމަށް އެދިއްޖެ
ރާއްޖެ އާއި އިންޑިއާއާ ދެމެދުގައި 1981 ވަނަ އަހަރު ސޮއިކުރެވިފައިވާ ވިޔަފާރީގެ ގުޅުންތަކާ ބެހޭ އެއްބަސްވުމުގެ ދަށުން އިންޑިއާއިން ރާއްޖެއަށް ފޯރުކޮށްދެމުން އަންނަ ޒަރޫރީ ބާވަތްތަކުގެ ތެރެއިން 9 ބާވަތުގެ ކޯޓާގެ މުއްދަތު އިތުރުކޮށްދިނުމަށް ދިވެހި ސަރުކާރުގެ ފަރާތުން އެދެފިއެވެ.

އަދި ކުރިއަށްއޮތް މަސްތަކުގެ ތެރޭގައި އުމްރާނީ ތަރައްގީގެ ބޮޑެތި އެކި މަޝްރޫއުތަކުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައި ވުމުގެ ސަބަބުން ދިވެހި ސަރުކާރުން ވަނީ ކޮންސްޓްރަކްޝަން ސާމާނު ފަދަ ތަކެތީގެ ކޯޓާ އިތުރުކޮށްދިނުމަށް ވެސް އެދިފައެވެ. ދިވެހި ސަރުކާރުގެ އެދުމުގެ މަތިން އިންޑިއާއިން ވަނީ ދިވެހިރާއްޖެއަށް ބޭނުންވާ ޒަރޫރީ 9 ބާވަތެއް ފޯރުކޮށްދިނުމުގެ ކޮމިޓްމެންޓް އާކޮށް، އިތުރަށް ވަރުގަދަކޮށްފައެވެ. 

އެގޮތުން ބިސް (407 މިލިއަން)، އަލުވި (20.4 ހާސް މެޓްރިކް ޓަން)، ފިޔާ (34 ހާސް މެޓްރިކް ޓަން)، ހަކުރު (61.4 މެޓްރިކް ޓަން)، ހަނޑޫ (118.3 ހާސް މެޓްރިކް ޓަން)، ގޮދަން ފުށް (103.9 ހާސް މެޓްރިކް ޓަން) އަދި މުގު (213.7 ހާސް މެޓްރިކް ޓަން) ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން، އިމާރާތް ކުރުމުގެ ސިނާއަތައް މުހިންމު ބާވަތެއް ކަމަށްވާ ހިލައިގެ ކޯޓާ (8،00،000 މެޓްރިކް ޓަން) އާއި އެއްވަރު ކުރުމަށްޓަކައި ހިލަވެލީގެ ކޯޓާ ވަނީ %400 އިތުރުކުރެވިފައެވެ. 

މިިދިޔައަހަރުގެ މެއިމަހު އިންޑިއާއިން ވަނީ އެގައުމުގެ ސެކިއުރިޓީ އެންޑް ގްރޯތު ފޯ އޯލް ޑޮކްޓެރިންގެ ދަށުން ކާބޯތަކެތީގެ ޒަރޫރީ ބާވަތްތަކުގެ 580 ޓަނުގެ ޝިޕްމެންޓެއް ރާއްޖެއަށް ހަދިޔާކޮށްފައެވެ. އަދި އިންޑިއާ ސަރުކާރުން ފިޔާ އެކްސްޕޯޓް ކުރުން މަނާކުރުމަށް ފަހުގައިވެސް  ހާއްސަ ހުއްދަ އެއްގެ ދަށުން، މެދުކެނޑުމެއް ނެތި ދިވެހިރާއްޖެއަށް ފިޔާ ވަނީ އެކްސްޕޯޓް ކޮށްފައިވެއެވެ. ޕެންޑެމިކްގެ ސަބަބުން ކުރިމަތިވި ލޮކްޑައުން ތަކާއި ދަތިތަކާއި އެކުގައިވެސް އިންޑިއާއިން ވަނީ ދިވެހިރާއްޖެއަށް ޒަރޫރީ ބާވަތްތަކުގެ ސަޕްލައި މެދުކެނޑުމެއް ނެތި ފޯރުކޮށްދީފައެވެ

މި ބަދަލުތައް ކުރިޔަށް އޮތް 3 އަހަރަށް ދެމިގެންދާނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް